ތުއްތު ކުއްޖަކަށް އެހީތެރިވުމުގެ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ބޭންޑު ވިއްކާލައިފިއެވެ.

މިދިޔަ ހަފްތާގައި ޕޯޗުގަލްއާއި ސަރބިޔާ އާއި ދެމެދު ކުޅުނު ވޯލްޑްކަޕް ކޮލިފައިންގ މެޗެއް ނިންމާލުމަށްފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ އެއްލާލި ކެޕްޓަން ބޭންޑު ވިއްކާލަައިފައިވަނީ 64،000 ޔޫރޯ އަށެވެ. މި ބޭންޑު ވިއްކާލީ، ތުއްތު ކުއްޖަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސާނިއްޔަތަށް މަސައްކަތް ކުރާ ޖަމިއްޔާ އަކުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ބޭންޑު ވިއްކާލައިފައި ވަނީ ތިން ދުވަސްތެރޭ، ބިޑް އުސޫލުން އެންމެ ބޮޑު އަގެއް ހުށައެޅި ފަރާތަކަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެޕްޓަން ބޭންޑު އެއްލާލައިފައިވަނީ، މިދިޔަ ހަފްތާގައި ޕޯޗުގަލް އާއި ސަރބިޔާ އާއި ދެމެދު ކުޅުނު ވޯލްޑްކަޕް ކޮލިފައިންގ މެޗުގައި 2 - 2 އެއްވަރުވެ، މިކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑުން ފައިބަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން