ކޯވިޑް-19 އާއި ގުޅިގެން ބޭނުންވާ އިތުރު ސިއްޙީ ސާމާނު އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.

އެސްޓީއޯއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިތަކެތި ރާއްޖެއަށް ގެނައީ ޗައިނާއިން ކަމަށެވެ.

މިއީ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ގަނެގެން ގެނައި ތަކެތި ކަމަށާ، މީގެތެރޭގައި ޕާސަނަޕް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓްތައްވެސް ހިމެނޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މިސިއްޙީ ސާމާނުގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މި ސާމާނަކީ ޗައިނާއިން ދިން އެހީގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޗައިނާގެ އެހީ މިހަފްތާގެ ފަހުކޮޅު ރާއްޖެ ގެނެވޭވަރު ވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ރާއްޖެއިން ދަނީ ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު އިންޑިއާ، ބަންގްލަދޭޝް އަދި ޗައިނާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން