އެސިސްޓެންތް ކޮމިޝަނަރ އޮފް ޕޮލީސް އަބްދުﷲ ފައިރޫޝް
އެސިސްޓެންތް ކޮމިޝަނަރ އޮފް ޕޮލީސް އަބްދުﷲ ފައިރޫޝް
ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވިޔަފާރި ތަކަށް ފުލުހުން ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އަލުން އެހުއްދަ ދޫކުރުމަށް ފުލުހުން ނިންމައިފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްކޮންފަރެންސްގައި ފުލުހުން ބުނީ ކުރީގެ ހުއްދަތައް ބާތިލު ކުރާނީ މާދަމާއިން ފެށިގެން 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ފަހުގައި ކަމަށެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އަލުން ހުއްދައަށް އެދުމަށްވެސް ފުލުހުން މިރޭވަނީ އެދިފައެވެ.

މިރޭގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންތް ކޮމިޝަނަރ އޮފް ޕޮލީސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ކުރިން ދޫކޮށްފައިވާ ހުއްދަތައް ބާތިލު ކުރަން ނިންމީ އެންމެ އެކަށީގެންވާ ގޮތުގައި އެހުއްދަތައް ބޭނުން ކުރެވެމުންނުދާތީ ކަމަށެވެ.

ފައިރޫޝް ވިދާޅުވީ މިހާރު ދޫކޮށްފައިވާ ޑެލިވަރީ ކުރުމުގެ ހުއްދަތައް ބާތިލު ކުރި ނަމަވެސް ޒަރޫރީ ބޭނުންތަކުގައި އާންމުން ނުކުތުމަށް މިހާރު ދޫކޮށްފައިވާ ހުއްދަތައް ބާތިލު ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


3

ހަސަނު

30-Apr-2020

ނައު ބަނދެފާ ނައު ރޫޅުން



ޓްރެންޑިން