އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވަލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން ފަސްކުރުމަށް ތަޢުލީމާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

ތަޢުލީމާބެހޭ ވުޒާރާއިން މިރޭ ނެރެފައިވާ ސަރވިއުލަރ އެއްގައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާކުރާނެކަމަށް ތަޢުލީމާބެހޭ ވުޒާރާގެ ސަރކިއުލަރގައި ވެއެވެ. މި ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި މިބަދަލާ ގުޅިގެން ކީސްޓޭޖް 5 (ގްރޭޑް 11 އަދި 12) ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރުބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާ ކަމަށްވެސް ތަޢުލީމީ ވުޒާރާގެ ސަރކިއުލާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން