މާލެ ލޮޮޮޮޮޮޮކްޑައުންގައި
މާލެ ލޮޮޮޮޮޮޮކްޑައުންގައި
މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ނަމްބަރު އިތުރުވުމުގެ ފުރުސަތު އޮތްކަމަށެވެ.

"ރެންޑަމް ސާމްޕްލިންގ އިން އަދި އެންމެ ބޭފުޅަކު ވަނީ ޕޮޒިޓިވްވެފަ. އެހެން ނަމަވެސް އެއީ ވަރަށް ފުޅާކޮށް ކުރެވޭ ކަމަކަށް ވާތީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އިތުރު ފޯކަސްތައް އޭގެ ތެރެއިން ފެނިގެން ދިއުން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ ބޭނުމަކީ ބަލި ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި ސަރަހައްދުތައް ދެނެގަތުން ކަމަށް ޑޮކްޓަރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއިން ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރީ މި ހަފްތާ ތެރޭގައެވެ.

މި ސާމްޕަލްތައް ނެގުމުގައި، ބާޒާރު މައްޗާއި، ކަންމަތީ ފިހާރަތަކުގެ އިތުރުން ފެރީތަކުގައި ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މިއީ އެހެން ގައުމުތަކުގައި ވެސް މިކަން ކުރަމުން އަންނަ އުސޫލެވެ. އެގޮތުން، ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ހޮޓް ސްޕޮޓްސް (ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް) ތަކުން ގިނަ ގައުމުތަކަކުން އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ.

އޭގެ އިތުރުން، މަގުމަތިން ފެންނަ އެހެން ފަރާތްތަކާއި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން ވެސް ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ވަނީ ނިންމާފަ އެވެ. މި ފީލްޑް ސަރވޭ ނިމުމުން، މާލޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެ ކަމަށް ޑޮކްޓަރުންގެ ޓީމް (ޓެގް) އިން ވަނީ ހާމަކޮށްފަ އެވެ.

މިހާތަަނަށް އައިއިރު ރާއްޖެއިން 278 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 152 މީހުންނަކީ ބިދޭސީންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން