ހުޅުމާލޭގައި އިމާރާތްކުރާ ކޯވިޑް-19 ފެސިލިޓީ ރައީސް ޞާލިޙް ބައްލަވާލައްވަނީ
ހުޅުމާލޭގައި އިމާރާތްކުރާ ކޯވިޑް-19 ފެސިލިޓީ ރައީސް ޞާލިޙް ބައްލަވާލައްވަނީ
ހުޅުމާލޭގައި ހަދަމުން އަންނަ، "ކޮވިޑް ވިލެޖް"ގައި މަސައްކަތް ކުރަމުން ދިޔަ ބަޔަކު ޕޮޒިޓިވްވެ މަސައްކަތް މެދުކެނޑިއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ކޭސްތައްވެސް ހިމެނޭ ކަމަށެވެ.

ކޮވިޑްވިލެޖަކީ ކޯވިޑް-19 ޖެހިގެން އެންމެ ނުރައްކާތެރި ޙާލަތަށްދާ މީހުންނަށް ފަރުވާ ދިނުމަށް ހަދާ މަރުކަޒެވެ.

"އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވާކްޝޮޕްގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވުމާއެކު މި ދެތަން މިވަގުތު ހުރީ ކަރަންޓީނު ކުރެވިފައި. މަސައްކަތް ކުރަމުންދަނީ މަސައްކަތް ކުރަން ޖެހޭ ބޭފުުޅުން އައިސޮލޭޓްކޮށް އަދި ކަރަންޓީނުުކުރަން ޖެހޭ ކޮންޓެކްޓުން އައިސޮލޭޓް ކުރުމަށް ފަހު އަނެއްކާވެސް އޮޕަރޭޝަން ވީހާވެސް އަވަހަކަށް ފެއްޓޭނެ ގޮތެއް ހޯދުމަށްޓަކައި،" މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މުވައްޒަފުންވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން