މަބްރޫޫޫކްްް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫޫޫކްްް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރަޝިއާގައި ތިބި 11 ދިވެއްސަކު ރާއްޖެ ގެނެސްފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިރޭ ވިދާޅުވީ ރަޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި 11 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ރަޝިއާގައި 83 ދިވެހިން އުޅޭ ކަމަށް މައުލޫމާތު ލިބުނު ކަމަށާއި މި ހުރިހާ ފަރާތްތަކަށްވެސް މިއަދު ފްލައިޓު އޮތްކަން އަންގާފައިވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މިއަދު ރާއްޖެ ގެނައި 11 މީހުންނަކީ ޚާރިޖީ ވުޒާރާގައި އެދުމުން ގެނެސްދިން މީހުން ކަމަށާއި އެމީހުންގެ ޓިކެޓުގެ ހަރަދު ކޮށްފައިވަނީ އަމިއްލަ އަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މި ހުރިހާ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ވައިގެ ދަތުރުތައް ހުއްޓިފައިވާއިރު ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ އާއި ލަންކާ އަދި މެލޭޝިއާ ގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަނުން ޗާޓާޑް ދަތުރުތަކެއް ކޮށްފައިވާއިރު އިތުރު ގައުމުތަކުގައި ތިބި ދިވެހިން ގެެނައުމަށް އެގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބަންގްލަދޭޝް އާއި ނޭޕާލު އަދި ފިލިޕީންސްގައި ތިބި ދިވެހިންވެސް ވަނީ ރާއްޖެ ގެނެސްފައެވެ. މީގެތެރެއިން ބަންގްލަދޭޝް ގައި ތިބި ދިވެހިންނާއި ނޭޕާލްގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން