ނޯވޭގައި ކޮވިޑް ޖެހިފައިވާ ބަލިމީހަކަށް އައިސީޔޫގައި ފަރުވާ ދެނީ.
ނޯވޭގައި ކޮވިޑް ޖެހިފައިވާ ބަލިމީހަކަށް އައިސީޔޫގައި ފަރުވާ ދެނީ.
ނޯވޭގައި ކޮވިޑް ބަލި ގަބޫލު ނުކުރާ ބަޔަކު އެއްވެ ބޭއްވި ހަފްލާއަކަށްފަހު އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިހަފްލާ ރާވާ ހިންގާފައިވަނީ ނޯވޭގެ ކޮންސްޕިރަސީ ތިއަރިސްޓެއްކަމަށްވާ ހާންސް ގަރޑާ ނަމަކަށްކިޔާ ފިރިހެނެކެވެ. އުމުރުން 60 އަހަރުގެ މިފިރިހެންމީހާ ބުނާގޮތުންނަމަ ކޮވިޑް ބައްޔަކީ ހަގީގަތެއް ނެތް ބައްޔެކެވެ. އަދި ހާންސް ވަނީ ކޮވިޑަކީ އާދައިގެ ހުން ރޯގާއެއްކަމަށް ބުނެ ގިނަ ބައެއްގެ މެދުގައި މިކަން ޕްރޮމޯޓް ކުރަން މަސައްކަތްވެސް ކޮށްފައެވެ.

ނަމަވެސް ގޮވިޑުން ރައްކާތެރިވުމަށް ހެދިފައިވާ ގަވާއިދުތަކާއި ހިލާފަށް މީހުން އެއްކޮށް ހަފްލާއެއް ބޭއްވިތާ ދެހަފްތާވެސް ނުވަނީ ހާންސް ވަނީ ކުއްލިގޮތަކަށް މަރުވެފައެވެ. މައުލޫމާތު ލިބޭގޮތުގައި ހާންސް މަރުވިއިރު ކޮވިޑަށް ޕޮޒިޓިވް އެވެ.

ނޯވޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް ބޭއްވި މިހަފްލާގައި ބައިވެރިވި އިތުރު 12 މީހާކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ވެއެވެ. މިހާދިސާ ތަހުގީގު ކުރަމުންދާއިރު، މިހަފްލާގައި ބައިވެރިވި ފަރާތްތައް ހޯދުމަަށް ނޯވޭގެ ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އަދި މިހަފްލާގައި ބައިވެރިވެފައިވާ ފަރާތްތައް ވީހާވެސް އަވަހަކަށް ކޮވިޑް ޓެސްޓު ކުރުމަށްވެސް އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން