ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން، ޑެންމާކުގައި ބޭނުން ކުރުން ހުއްޓާލައިފިއެވެ.

މިއާއެކު ޑެންމާކްވެގެންދާނީ އެސްޓްރަރޒެނެކާ ވެކްސިނާއި ގުޅިގެން ލޭގަނޑުވާކަމަަށް ބުނެ ޔޫރަޕުގެ ގައުމަކުން އެސްޓްރަރޒެނެކާގެ ވެކްސިން ބޭނުން ކުރުން ހުއްޓާލި ފުރަތަމަ ގައުމަށެވެ. ޑެންމާކްގެ ސިއްހީ އިދާރާއަކުން ބުނާގޮތުގައި މިވެކްސިން ބޭނުންކުރާ ކޮންމެ 40،000 މީހަކުން އެކަކުގެ ފަރާތުން ލޭގަނޑުވާކަމަަށް ރިޕޯޓުކޮށްފައިވެއެވެ.

ވެކްސިނާއި ގުޅިގެން ލޭގަނޑުވާކަމަަށް ބުނެ ޔޫރަޕުގެ ގިނަ ގައުމުތަކަކުން މީގެ ކުރިންވެސް ވަނީ އެސްޓްރަރޒެނެކާ ވެކްސިން ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. ނަމަވެސް ފަހުން ކުރެވުނު ތަހުލީލުތަކާއިއެކު އަލުން އެސްޓްރަރޒެނެކާ ވެކްސިން ބޭނުންކުރަން ވަނީ ފަށާފައިވެއެވެ. މިތަހުލީލުތަކަށް ރިއާޔަތްކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެސްޓްރަރޒެނެކާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ހާމަކޮށްފައެވެ.

ޑެންމާކުގައި އެސްޓްރަރޒެނެކާއިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން ބޭނުންކުރުން ހުއްޓާލައިފައިވާއިރު، މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން ބޭނުން ކުރުން އެމެރިކާ، ކެނެޑާ އަދި ޔޫރަޕުގެ ގައުމުތަކުން ވަނީ ހުއްޓާލައިފައެވެ. ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ކޮވިޑް ވެކްސިން ބޭނުން ކުރުން ވަގުތީގޮތުން ހުއްޓާލައިފައިވަނީ ލޭގަނޑުވާކަމަަށް ބުނެ ކޭސްތަކެއް ރިޕޯޓު ކުރުމާއިއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން