މިއަހަރު ޖަޕާނުގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތްތައް އިތުރު އަހަރަކަށް ފަސްކުރަން ޖެހިދާނެ ކަމަށް ޖަޕާނު ސަރުކާރުގެ އިސްއޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިއީ 2020 ވަނަ އަހަރު ބާއްވަން ހަމަޖެހުނު އޮލިމްޕިކްސް މުބާރާތްތަކެވެ. 2020 ވަނަ އަހަރުގެ އޮލިމްޕިކްސް ފުރަތަމަ ފަސްކުރީ ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން ދިޔަ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެންނެވެ. މިގޮތުން މިހާރު އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ. އަދި މިތާރީހަށްވުރެއްވެސް އަވަހަށް އޮލިމްޕިކްސް ފެށޭނެކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވަނީ މީގެކުރިން ޔަގީންކަން ދެއްވާފައެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން އަދިވެސް މިފަދަ މުބާރާތެއް ބޭއްވުމަށް ރައްކާތެރިނޫންކަން ފާހަގަކޮށް، އޮލިމްޕިކްސް 2020 ކުޅިވަރު މުބާރާތް އިތުރު އަހަރަކަށް ފަސްކުރުން ނުވަތަ މިއަހަރު ޖަޕާނުގައި ނުބާއްވާގޮތަށް ކެންސަލް ކުރަންޖެހިދާނެކަމަށް ޖަޕާނު ސަރުކާރު ހިއްސާވާ ޕާޓީ، ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެެފައެވެ.

އަދި މިފަދަައިން ގިނަ ބަޔަކު އެއްވެ ބާއްވާ ހަރަކާތްތައް ބޭއްވުމާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޖަޕާނުގައި ކޮވިޑް ޖެހޭމީހުން އިތުރުވެ، ކޮވިޑުގެ ހަތަރުވަނަ ރާޅެއް ތަހައްމަލު ކުރަމުންދާކަމަށް ޖަޕާނުގެ ސިއްހީ ވުޒާރާތަކުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން