ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ތިންވަނަ ޑޯޒެއް ފުރިހަމަ ކުރަން ޖެހިދާނެކަމަށް އެކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.

ފައިޒަރ ކުންފުނީގެ ސީއީއޯ އަލްބަރޓް ބޯރލާ މިހެން ވިދާޅުވެފައިވަނީ، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން އިތުރަށް ތަކުރާރުކުރަން ޖެހުމާމެދު ކުރެވެމުންދާ ދިރާސާތަކަށް ބިނާކޮށެވެ.

މިގޮތުން މިހާރު ހަތަރު ހަފްތާއާއި އަށް ހަފްތާ އާއި ދެމެދުގައި ދެޑޯޒް ދެވެމުންދާ ފައިޒަރ ކުންފުނީގެ ވެކްސިނުގެ މި ދެ ޑޯޒުގެ އިތުރުން ތިންވަނަ ޑޯޒެއް ދޭން ޖެހިދާނެކަމަށް އަލްބަރޓް ވިދާޅުވެފައިވެއެވެ. ތިން ވަނަ ޑޯޒް ދެވޭނީ ދެވަނަ ޑޯޒު ފުރިހަމަކުރުމަށްފަހު 6 މަހާއި 12 މަސް ދުވަހާއި ދެމެދުގައެވެ. އަދި އަހަރަކު އެއްފަހަރު މިވެކްސިން ތަކުރާރުކޮށް ޖަހަން ޖެހޭނެކަމަށްވެސް ފައިޒަރ ކުންފުނީގެ ސީއީއޯ ވިދާޅުވެފައިވެއެވެ.

ނަމަވެސް ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަ ކުރުމަށްފަހު، ކޮވިޑް ބަލި ޖައްސުވާ ކޮރޯނާ ވައިރަހުން ސަލާމަތްވެ ހުރެވޭނީ ކިހާދުވަހަކަށް ކަން އަދި ޔަގީން ނުވާކަމަށް މިތަހުލީލުތައް ބުނެއެވެ. މިއާއެކު އިތުރު ޑޯޒަކާއިއެކު އަހަރަކު އެއްފަހަރު ވެކްސިން ޖެހުމަށް ލަފާދީފައި ވެއެވެ. އަދި ތަހުލީލުތަކުގެ ނަތީޖާއާއިއެކު މިރިކޮމެންޑޭޝަން ބަދަލު ވުމަކީވެސް އެކަށީގެންވާކަމެކެވެ.

ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނުގެ އެންެމެ ފަހުގެ ތަހުލީލުތަކުން ދައްކާގޮތުގައި މިވެކްސިނަކީ 91 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ. މިއާއެކު މިވެކްސިނުގެ އަގު އުފުލިފައިވާކަމަށް އެކުންފުނީގެ ސީއީއޯ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން