ރާއްޖެއިން މިއަދު ކޯވިޑް-19 އަށް 95 މީހުން ޕޮޒިޓިވް ވެ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހުގެ ގޮތުގައި މިއަދު ހިމެނި ބަލީގެ ނުރައްކާ ތެރިކަން ބޮޑުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިއަދު މިހާތަނަށް 95 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 61 މީހުންނާއި، އިންޑިޔާގެ 32 މީހުންނާއި، ނޭޕާލްގެ 2 މީހުންނެވެ.
މިއަދަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ. މި އެންމެންނަކީވެސް މޮނިޓަރިންގައި ހުރި ގެތަކުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 396 އަށް އަރާފައެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފުރަތަމަ ފެނިފައިވަނީ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ މިމަހުގެ 15ވަނަ ދުވަހުއެވެ.
މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދުއާއި އެއަތޮޅު މިލަންދޫންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި އެންއީއޯސީން ވަނީ ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވާކަން ދެނެގަނެވިފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން، ބައްޔަށް ޕޮޒިޓިވެ އޭނާއާ ސީދާ ދިމާވި މީހުން ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދާތީ ސަރުކާރުން އިޢުލާން ކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލާފައެވެ. އަދި މާލޭގައި އިޢޫލާނު ކޮށްފައިވާ ފުރަބަންދަށްވެސް މިހާރު ވަނީ 14 ދުވަސް އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު