އޮޅިގެން ދެވައްތަރެއްގެ ކޮވިޑް ވެކްސިނުގެ ދެޑޯޒް މީހެއްގެ ގަޔަށް ޖަހައިފިއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ގިނަ ވެކްސިންތަކަކީ ދެޑޯޒު ފުރިހަމަ ކުރަންޖެހޭ ވެކްސިން ތަކަކަށްވިޔަސް، ދެޑޯޒް ފުރިހަމަ ކުރަންޖެހެނީ ޖަހާ އެއްވެކްސިނަކުންނެވެ. ނަމަވެސް އެމެރިކާގެ ފިރިހެނަކަަށް ދެވައްތަރެއްގެ ކޮވިޑް ވެކްސިނުގެ ދެޑޯޒް ފުރިހަމަކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކްރެއިގް ރިޗާޑް ނަމަކަަށް ކިޔުނު މިފިރިހެންމީހާއަށް ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒަކަށް ޖަހާފައިވަނީ މޮޑަރނާ ކުންފުނީގެ ވެކްސިނެވެ. ނަމަވެސް ދަވަނަ ޑޯޒުގެ ގޮތުގައި އޭނާއަށް ލިބުނީ ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިނެވެ.
މިކަމާ ބެހޭގޮތުން ކްރެއިގް ރިޗާޑް ބުނެފައިވަނީ، ދެ ވެކްސިނެއް ބޭނުން ކުރެވިފައިވާކަން އެނގުނީ ވެކްސިނުގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމަށްފަހު ވެކްސިން ކާޑަށް ބަލައިލުމުން ކަމަށެެވެ. އަދި މިކަން އެނގުމުން ހާސްވެ ކަންބޮޑުވެހުރެ ވެކްސިން ޖަހައިދޭން ހުރި މީހާގެ ސަމާލުކަމަށް ގެނެވުނުކަމަށްވެސް އޭނާވަނީ ފާހަގަކޮށްފައެވެ. މިއާއެކު މިކަމާބެހޭގޮތުން މާބޮޑު ތަފްސީލެއް ދޭން ނޭނގުނަސް ކޮވިޑް ވެކްސިނުގެ ދެޑޯޒު ފުރިހަމަވީކަމަށް ބެލުމަށް ވެކްސިން ޖަހާ ސެންޓަރުގައި ތިބި ނަރުހުންނާއި ޑޮކްޓަރުން ބުނިކަމަށްވެއެވެ.
ދެވެކްސިނަކުން ދެޑޯޒު ފުރިހަމަ ކުރުމާމެދު ހެދިފައިވާ ތަހުލީލެއް ނެތުމުން ޖަހާ އެއްވެކްސިނަކުން ދެޑޯޒް ފުރިހަމަ ކުރުމަށް ސިއްހީ މާހިރުންނާއި ވެކްސިން ތައްޔާރުކުރާ ކުންފުނިތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ދެވެކްސިނަކުން ދެޑޯޒު ފުރިހަމަ ކުރުމުން ކޮވިޑުން ރައްކާތެރިވާނޭ މިންވަރު ދެނެގަނެވިފައި ނުވާކަމަށްވެސްވެއެވެ. ނަމަވެސް ދެވެކްސިނަކުން ދެޑޯޒު ފުރިހަމަ ކުރެވިއްޖެ ހާލަތެއްގައިވެސް އިތުރު ޑޯޒެއް ފުރިހަމަ ކުރަން ނުޖެހޭނެކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު