ރަށްރަށުގައި ފިތުރު ޒަކާތް ދެއްކުމުގެ ކަންތައް ކުރިއަށް ގެންދާނީ އެރަށެއްގެ ކައުންސިލުން އަންގާ ގޮތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ ފިތުުރު ޒަކާތް ބަލައިގަތުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ މާލޭގައި އޮންލައިކޮށް ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަަމަށެވެ. ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީއެއް ނަމަ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ފިޔަވައި އެހެން ރަށްރަށުން ފިޠުރު ޒަކާތް ދައްކަންޖެހޭ އަގު އެރަށެއްގެ ކައުންސިލުން އާއްމުކުރާނެ ކަމަށެވެ.
ކޮންމެ ރަށެއްގައި އަގު ކަނޑައަޅާނީ އެރަށެއްގައި އެއަހަރުގެ ތެރޭގައި ކައިއުޅުނު ހަނޑުލާ ފުށުގެ ބާވަތްތަކުން އެރަށެއްގައި ހަޑުލާ ފުށް ލިބެން ހުންނަ އަގުތަކަށް ބެލުމަށްފަހު ފަޤީރުންނަށް ގެއްލުން ނުވާނެގޮތުގެ މަތިން ފަރުދަކަށް 2.4 ކިލޯއަށް ޖެހޭ އަގަށެވެ. އެހެންކަމުން ޒަކާތް ދައްކާއިރު ޒަކާތް ދައްކަން ޖެހޭ އަދަދު ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގައި ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކާއި މުވާސަލާތީ ކުންފުނިތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި މިހާރު ތިބި ފަގީރުންގެ ޖުމްލަ އަދަދަކީ 8764 އެކެވެ. މީގެ ތެރެއިން މާލޭގެ ދަފްތަރުގައި 1717 ފަރާތަކުން ރަޖިސްޓަރީ ވެފައި ވާއިރު، އަތޮޅު ތެރޭގައި 7047 މީހަކު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީކޮށްފައި ވެއެވެ. މާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. އަދި ރަށްރަށުން އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ތާރީހަކާ ހަމައަށް ޒަކާތް ދެއްކުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު