ޓިކްޓޮކްގެ ޗެލެންޖަކާއިއެކު 12 އަހަރުގެ ކުޑަކުއްޖަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ގިނަ ޒުވާނުންގެ މެދުގައި މަގުބޫލުވެފައިވާ ޓިކްޓޮކް އެޕްގައި އެކި މީހުންގެ ހުނަރުތައް ދައްކާލުމުގެ އިތުރުން އެކަކު އަނެކަކަށް އެކި ޗެލެންޖް ކުރުމަކީ އާންމުކަމެކެވެ. މިގޮތުން ޖޯޝުއާ ނަމަކަށް ކިޔުނު މިކުޑަކުއްޖާގެ އާއިލާއިން ބުނާގޮތުގައި އެކުއްޖާ މަރުވެފައި އޮއްވާ ފެނުނީވެސް ޓިކްޓޮކްގައި އާންމުވެފައިވާ ބްލެކްއައުޓް ޗެލެންޖަކަށްފަހުއެވެ.

މިކަމާއި ގުޅިގެން ޖޯޝުއާގެ އާއިލާއިން ދަނީ ޓިކްޓޮކްގައި އާންމުވަމުންދާ ޗެލެންޖްތަކުގެ ނުރައްކާތެރިކަމާމެދު ސަމާލުވުމަށް ގޮވާލަމުންނެވެ.

މިހާދިސާއާއި ގުޅިގެން ޓިކްޓޮކުން ބުނެފައިވަނީ ޓިކްޓޮކް ބޭނުންކުރާ އެއްވެސް ފަރާތެއް ނުރައްކަލަކަށް ހުށައެޅިގެންދާނެކަމަކަށް އެކުންފުނިން ސަޕޯޓު ނުކުރާނެކަމަށާއި، އަދި ޓިކްޓޮކް މެދުވެރިކޮށް އެފަދަ އަމަލު ކުރާ ފަރާތްތައް ކުއްވެރިކުރާކަމަށްވެސް ޓިކްޓޮކުން ބުނެފައިވެއެވެ. އަދި ޓިކްޓޮކްގައި މިޗެލެންޖް ކުރިއަށް ނުގެންދެވޭގޮތަށް ފިޔަވަޅު އަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ޓިކްޓޮކްގައި އާންމުވެފައިވާ ބްލެކްއައުޓް ޗެލެންޖުގައި ހަދަންޖެހޭ ގޮތަކީ ހޭނެތެންދެން ނޭވާނުލެވޭވަރަށް ކަރަށް ފިއްތާލައިގެން އޮތުންކަމަށެ ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން