ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެދިވަޑައިގެންފިއެވެ.
މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، މި މަހުގެ 26 ވަނަ ދުވަހު ރިޔާޒް މާލެ ވަޑައިގެންނެވިކަން ހާމަކުރެއްވީ އަމިއްލަފުޅަށް ކުރެއްވި ޓްވީޓަކުންނެވެ. އޭނާ ވިދާޅުވީ މާލެ ވަޑައިގެންނެވީ ފުލުހުންގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނަންގަވައިގެން ކަމަށެވެ. އަދި ފުލުހުންވެސް ބުނެފައިވަނީ އެއީ ރިޔާޒުވީމާ ޚާއްޞަކޮށް ދެވުނު ހުއްދައެއް ނޫންކަމަށާއި އެއީ އެކަން ކުރަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަންކަން ފުރިހަމަ ކޮށްގެން ދީފައިވާ ހުއްދައެއް ކަމަށެވެ.
މެމްބަރު ސިރާޖު މިއަދު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރިޔާޒްގެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ނަފުރަތު އުފެދި، މަޖިލީހުގެ މެމްބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ.
އަދި މިހާރުވެސް، އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރަކު މާލެ ނާދެވި އަތޮޅު ތެރޭގައި އެބަތިބި ކަމަށާއި، އެ މެމްބަރުންވެސް މާލެ އަންނަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމުގެ މައުލޫމާތުވެސް ލިބިވަޑައިގެންފައިވާކަން ސިރާޖު ފާހަގަކުރައްވާފައި ވެއެވެ.
"ވީމާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، މާލެ ލޮކްޑައުންކުރެވިފައިވާ ދަނޑިވަޅެއްގައި މާލެ އަންނަން ހުއްދަދެވިފައިވޭތޯއާއި، ހުއްދަ ދެވިފައިވާނަމަ، ކޮންމެހެން މާލެ އަންނަން ޖެހޭ ކޮން ސަބަބެއް ދިމާވެގެންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ބައްލަވައިދެއްވައި މިކަން ސާފުކޮށްދެއްވުން އެދެމެވެ. އަދި މިކަމަކީ މެމްބަރުގެ ސުލޫކާ ގުޅޭ އަމަލެއް ކަމުގައި ދެކެމެވެ." އެ ސިޓީގައިވެއެވެ.
ނޭޝަނަލް އިމަޖެންސީި އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މާލެ ސަރަހައްދަށް އެރުމުގެ ހުއްދަ ދެނީ އެ މީހަކީ ކަރަންޓީން ކޮށްފައިވާ ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އަންނަ މީހެއް ނޫން ކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި 185 މީހަކަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު