މިދިޔަ ފެބުރުއަރީ މަހުގެ 03 ވަނަ ދުވަހު އޭޑީކޭގައި އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ނިޔާވި ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލް ގޮވައިގެން ކޯޓަށް ދާން ސަލްމާގެ ޢާއިލާއިން ނިންމައިފިއެވެ.
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ލޯފާމް އެޑްވޮކެސީ ޗޭމްބާސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން އިހުމާލުވެފައިވާ ފަރާތެއް ވޭތޯ ބަލައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ، އެފަރާތްތައް ޒިންމާކުރުވުމުގެ ގޮތުން ޖިނާއީ އަދި މަދަނީ ގާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ހައްލުތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަލްމާގެ ޢާއިލާއިން އެ ލޯފާމާއި ޙަވާލުކޮށްފައިވާތީ އެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިިއީ ސިއްހީ ފަރުވާދޭ ހިދުމަތްތެރިންނާއި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލި މީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާ އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މަރުހޫމާ ސަލްމާ ނަސީރުގެ އާއިލާއިންނާއި އެލޯފާމްގެ ފަރާތުން ދެކޭ ކަމަށް އެ ބަޔާނުގައިވެއެވެ.
ސަލްމާގެ މަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ސަލްމާގެ ފިރިމީހާ ފޮނުވި ސިޓީގެ ޖަވާބުގައި ހެލްތު މިނިސްޓްރީން ބުނީ ސަލްމާގެ ގަޔަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި، މާބަނޑު މީހާގެ ގަޔަށް ލޭ އެޅުމަށް ދެ މީހެއްގެ ކްރޮސްމެޗު ހަދާފައި ވިޔަސް ލޭ ދޭ ޑޯނަރުން ގެންނަން ބުނީ މާ ފަހުން ކަމަށެވެ. އަދި ހޮސްޕިޓަލުގައި ލޭ ހުރިއޮރު، ވިހޭތާ އެއް ގަޑިއިރު ވީ އިރުވެސް ލޭ އަޅާފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަހުޤީޤަށް ހާމަވާކަމަށް މިނިސްޓްރީން ސަލްމާގެ ފިރިމީހާއަށް ފޮނުވި ސިޓީގައި ވެއެވެ.
ހެލްތު މިނިސްޓްރީގެ ވާހަކަތައް ދޮގުކޮށް އޭޑީކޭއިން މިމަހުގެ 19 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސަލްމާ އެ ހޮސްޕިޓަލަށް ދިޔައީ އާއްމު ހާލަތުގައި ވިހެއުމަށް ދާ އެހެން މީހުންނެކޭ އެއްގޮތަށް ކަމަށާއި ވިހެއުމުގެ ކަންކަން ގޮސްފައި ވަނީވެސް އެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާއްމުކޮށް ލޭ އަންނަ ވަރަށް ވުރެ ގިނައިން ލޭ އަންނަކަން ފާހަގަވުމުން ވަގުތުން ސިއްހީ ފަރުވާތައް ފެށި ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އެހެން ނަމަވެސް ސަލްމާގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ސަލްމާގެ ރަހިމު ނެގުމުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ. އަދި އެއްވެސް އިރެއްގައި ލޭ އެޅުން މެދުކެނޑިފައި ނުވާނެ ކަމަށާއި، ސަލްމާގެ ޙާލަތު އޭނާގެ ޢާއިލާއަށް ވަގުތުން ވަގުތަށް ޙިއްސާކުރަމުން ދިޔަ ކަމަށް އޭޑީކޭގެ ބަޔާނުގައިވެއެވެ.
"ހުރިހާ ފަރުވާއެއް ދީގެންވެސް ލޭގެ ޕްރެޝާ ނުހިފެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔައެވެ. ސީޕީއާރު ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައެވެ." އޭޑީކޭގެ ބަޔާނުގައިވެއެވެ.
އޭޑީކޭއިން ބުނީ ސަލްމާގެ ފަރުވާ ފެށި ނަމަވެސް ލޭ މަނާކުރަން އެފަދަ ހާލަތްތަކުުގައި ދެވޭ ބޭހާއި ގައިނަކޮލިޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، ކުރިއަށް ގެންގޮސް، އަޅަން ބޭނުންކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ފެށި ކަމަށް އޭޑީކޭގެ ބަޔާނުގައިވެއެވެ.
އަދި ލޭބަ ރޫމްގައި ސަލްމާއަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ހެލްތުން ބުނާ ވާހަކަތައް ވެސް އޭޑީކޭއިން ވަނީ ދޮގުކޮށްފައެވެ. މީގެއިތުރުން އެ ކޭސް ރިވިއު ކުރުމަށް ހެލްތު މިނިސްޓްރީއަށް ހުރިހާ އެއްބާރުލުމެއްވެސް ދީފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

— Advocacy Chambers LLP (@Advocacy_LLP) April 20, 2021

ކިޔުންތެރިންގެ ހިޔާލު