ކޮރޯނާވައިރަހުގެ ތޫފާނަކުން އިންޑިޔާގެ ހާލަތު ގޯސްވަމުންދާކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ އިންޑިޔާއަށް ބިންދާލާފައިވާ ކޮވިޑުގެ ދެވަނަ ރާޅާއެކު ބަލި ޖެހެމުންދާ މީހުންގެ އަދަދި އެތައް ގުނައަކަށް އިތުރުވެ، ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރައްވަމުންނެވެ. މިގޮތުން ކޮވިޑުގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެ އިންޑިޔާގެ ސިއްހީ ނިޒާމަށް ނުކަތާވަރުވެ، ބަލީގެ ނުރައްކާ އިތުރުވެފައިވާކަމަށް މޯދީ ވަނީ ވިދާޅުވެފަައެވެ.

ކޮވިޑު ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު ގިނަވެ އިންޑިޔާގެ ގިނަ ހޮސްޕިޓަލްތަކެއް އޮކްސިޖަނަށްޖެހިފައިވާ މިވަގުތުގައި ސަރުރާކާރުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ޔަގީންކަން މޯދީ ވަނީ ދެއްވާފައެވެ.

އިންޑިޔާގެ ކޮވިޑް ހާލަތާއި ގުޅިގެން އެގައުމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މޯދީ ވަނީ ފާހަގަކުރަށްވާފައެވެ. އިންޑިޔާގައި މިފަހަކުން ބޭއްވި އިލެކްޝަނާއިދިމާކޮށް އެގައުމުގެ ބޮޑުވަޒީރު، އާންމުންގެ ގިނަބަޔަކު އެއްކޮށްގެން ކެމްޕޭން ހަރަކާތްތައް ގެންގޮސްފައިވާތީ ގިނަބަޔަކު ދަނީ އަދި ވެސް އެކަމަށް ފާޑުކިޔަމުންނެވެ. ހާއްސަގޮތެއްގައި އިންޑިޔާގައި ދުވާލެއްގެ މައްޗަށް އިތުރުވަމުން ދިޔަ ކޮވިޑް ކޭސްތަކަށް ބެލުމެއްނެތި އެތައްހާސް ބަޔަކު އެއްކޮށްގެން ކެމްޕޭނުގެ ހަރަކާތްތައް ބޭއްވުމާއި އެކި ހިންދޫ ފެސްޓިވަލްތައް ބޭއްވުން މަނާ ނުކުުމުން، އަދަދުތައް އިތުރަށް މައްޗަށް ދިއުން މިއީ ސަރުކާރު ޒިންމާވާން ޖެހޭނެ ކަމެއްކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

އިންޑިޔާގައި ކޮވިޑުގެ ހާލަތު ގޯސްވެ ދުނިޔޭގެ އެކި ގައުމުތަކުން މިހާރުވަނީ އިންޑިޔާއާއި ދެމެދު ކުރަމުންދާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން