ހަނގުރާމަ މަތީގައި ބޭނުން ކުރުމަށް ހާއްސަކޮށް ދެކުނު ކޮރެއާއިން ފުރަތަމަ ފަހަރަށް ތައްޔާރުކޮށްފައިވާ ފައިޓިންގ ޖެޓް ދައްކާލައިފިއެވެ.

ކޭއެފް-21 ބޮރަމޭ ގެ ނަމުންނަންދެވިފައިވާ މި ފައިޓިން ޖެޓް ތައާރަފް ކޮށްދީފައިވަނީ އެގައުމުގެ ރައީސް މޫން ޖެއި އިން އެވެ. އެމަނިކުފާނުވަނީ މި ފައިޓިން ޖެޓްގެ ޓެކްނޮލޮޖީ، އަދި އިގްތިސާދީ ފައިދާ ތަކާއި، އަސްކަރިއްޔާއަށާއި ގައުމަށް ހުރި ފައިދާތައް ފާހަގަ ކުރައްވާފައެވެ.

ދެކުނު ކޮރެއާގައި އަމިއްލަ ފައިޓިން ޖެޓެއް އުފެއްދުމުގެ މަޝްވަރާތައް ކުރެވެން ފެށީ މީގެ 20 އަހަރު ކުރިންނެވެ. އެތަކެއް ދިރާސާތަކާއި ތަހުލީލުތަކަށްފަހު މިފަދަ ޖެޓެއް އުފެއްދުމުގެ މަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރުއެވެ. މިގޮތުން ކުރިއަށް އޮތްދުވަސްތަކުގައި މިފައިޓިން ޖެޓް ބޭނުންކޮށްގެން 2000 އަށްވުރެއް ގިނަ ޓެސްޓް ފްލައިޓްތަކެއް ބޭއްވުމަށްފަހު، ދެކުނުކޮރެއާގައި މިހާރު ބޭނުން ކުރެވެމުންދާ ފައިޓިން ޖެޓްތަކުގެ ބަދަލުގައި ކޭއެފް-21 ބޮރަމޭ ގެ ނަމުންނަންދެވިފައިވާ މި ފައިޓިން ޖެޓް ބޭނުން ކުރަން ފެށުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން، މި ފައިޓިން ޖެޓް، އިރާގް، މެލޭޝިޔާ، ޕެރޫ، ފިލިޕިންސް، ގަތަރު، ސެނަގަލް، އަދި ތައިލޭންޑަށް ވިއްކުމުގެ މަޝްވަރާތަކެއް ކުރެވެމުންދާކަމަށްވެސް ދެކުނު ކޮރެއާއިން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން