ސުޕަރލީގުގައި ބައިވެރިނުވާން ގޮވާލާ ކުރެވުނު މުޒާހަރާގެ ތެރެއިން.
ސުޕަރލީގުގައި ބައިވެރިނުވާން ގޮވާލާ ކުރެވުނު މުޒާހަރާގެ ތެރެއިން.
އިނގިރޭސި ވިލާތުގެ ހަ ފުޓްބޯޅަ ޓީމަކުން ޔޫރޮޕިއަން ސުޕަރލީގުގައި ބައިވެރިނުވާން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ޔޫރޮޕިއަން ސުޕަރލީގުގައި ބައިވެރިނުވާން ނިންމި ޓީމު ތަކުގެ ތެރޭގައި ހިމެނެނީ މެންޗެސްޓަރ ސިޓީ، ޗެލްސީ، އާރސެނަލް، ލިވަރޕޫލް، މެންޗެސްޓަރ ޔުނައިޓެޑް އަދި ޓޮޓެންހަމެވެ. މިހަޓީމުން ޔޫރޮޕިއަން ސުޕަރލީގުން ވަކިވުމަށް ނިންމާފައިވަނީ އެޓީމުތަކާއެކު ވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކާއި، ޓީމުތަކުގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުމާއިއެކުއެވެ.

އަލަށް ތައާރަފު ކުރި ޔޫރޮޕިއަން ސުޕަރލީގާއެކު ގިނަބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި ޓީމުތަކުގެ ސަޕޯޓަރުންނާއި، ފީފާފަދަ ފުޓްބޯޅަ އާއި ބެހޭ ވުޒާރާތަކާއި، އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިން ހިމެނެއެވެ. އަދި މިކަމާއި ގުޅިގެން ގިނަ ޓީމުތަކެއްގެ ސަޕޯޓަރުން ވަނީ ސުޕަރލީގުގައި ބައިވެރިނުވާން ގޮވާލާ މުޒާހަރާވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން