އޭދަފުށީ ދާއިރާގެ މެންބަރ އަހުމަދު ސަލީމް
އޭދަފުށީ ދާއިރާގެ މެންބަރ އަހުމަދު ސަލީމް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުާރުން ނާޖާއިޒު ގޮތުގައި ބޭނުން ނުކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު، ރެޑްވޭވް ސަލީމް މިރޭ ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ޕާލިމެޓްރީ ގްރޫޕްގެ ލީޑަރ ރެޑްވޭވް ސަލީމް މި ގޮތަށް ގޮވާލައްވާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓަރ އިޢުލާން ކުރައްވާފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހިނގާ މެއި މަހުގެ ނިޔަލަށް ދަންމާ ލުމަށް މިރޭ އިޢުލާން ކުރައްވާފައި ވަނިކޮށެވެ.

ރެޑްވޭވް ސަލީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ގައުމު އަރައި ނުގަނެވޭ ވަރުގެ އަޑިގަނޑަކަށް ވައްޓާނުލުމަށް ސަރުކާރަށް ގޮވާލާފައެވެ. ފިނޭންސް މިނިސްޓްރީއާއި ރާއްޖޭގެ މަރުކަޒީ ބޭންކް. އެމްއެމްއޭއަށް ޓެގް ކުރައްވައި ސަލީމް ކުރައްވާފައިވާ މި ޓްވީޓްގައި ސީދާ ވަކި ކަމެއް ފާހަގަ ކުރައްވާފައި ނުވި ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުންނާއި ވިޔަފާރިތައް މުޅިން ހުއްޓިފައިވާތީ އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ ޤައުމުގެ އިޤްތިޞާދަށެވެ.



ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހަށް ދަމާލައި، މިހާރު އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ގިނަ ދުވަސްތަކެއް ހޭދަވާން ވެއްޖެ ނަމަ ގައުމުގެ އިޤްތިޞާދީ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ވަރަށް ނުބައި ހާލަތަކަށް ގައުމު ހިގައިދާނެ ކަމަށް ގިނަ ބަޔަލު ގަބޫލުކުރެއެވެ. އަދި ކޯވިޑް-19 އިން ސަލާމަތް ވުމަށް ކުރަމުންދާ މަސައްކަތްތަކާ އެއްހަމައެއްގަައި ގައުމުގެ އިޤްތިޞާދަށް ފަރުވާ ދިނުމަށްވެސް މަސައްކަތް ކުރަން ޖެހޭނެ ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


8

ކިނބިހި

01-May-2020

އަންނި އަކީ އިދިކޮޅު ޕާރޓީ މީހެއްތޯ އަބަދު ދައުލަތާއި ދެކޮޅަށް ބަސްބުނަނީ އަދި ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ ދައުލަތުން ކުރާ ކަންކަމަށް ފާޑުކިޔަނީ..؟ މީނާ އެމްޑީޕީ ތޯ ؟ އިދި ކޮޅުތޯ؟ ސޯލިހާ ދެކޮޅަށް ބަޢާވާތް ކުރަނީ ތޯ؟


12

ކިނބިހި

04-May-2020

މި ވަގުތަކީ ވަރަށް ދައުލަތުގެ ބަޖެޓަށް ވަރަށް ބުރަ ބޮޑު އަދި އެހާމެ ނާޒުކުވަގުތެއް.. އެހެންކަމުން ދައުލަތަށް ރައިޔަތުންނަށް ބޭނުން ނުހިފޭ އަދި ދައުލަތުން އެންމެ ބޮޑު ހޭދަ އެއް ކުރާ ރ. މަޖިލީހުގެ މުސާރަ 80،000 އިން 30،000 ކުޑަކުރަން މަޖިލީހުން ގޮތް ކަނޑައަޅަޖެހޭ އެމީހުން ނަކީ އިޚްލާސްތެރި ގައުމާއި ރައިޔަތުންގެ ލާބަޔާއި މަންފާ ހޯދަން އުޅޭ ބަޔެއްކަމަށް އެކުރާ ދައުވާ ތެދުކުރުމަށްޓަކައިވެސް.. އަދި އަބަދު ވޯޓުހޯދަން އައިސް އެބުނަނީ މީރައްޔަތުންނަށް ޓަކައޭ.. މިއޮތީ ވަގުތު އެކަން ދައްކަން ޖެހޭ.. އެހެންނޫނަސް ތިތަނަށް ހޮވަނީ ހިލޭދޭ ވޯޓަކުން.. ކިޔަވާކަށް ނުޖެހޭ ލިޔަން ކިޔަން އެގުނީމަ ޝަރުތުފުރިހަމަވީ.. ގާނޫނެއް ހެދިއްޔާ އޭތި އޮންނަނީ އަނެއްމަހުގަ ބަދަލުކުރަންވެފަ.. ތަންދޮރު ނޭގޭ ބޔަކަށް މިވަރުގެ މުސާރަ ހަޢްޤެއްވެސް ނުވާނެ.. އަވަހަ މުސާރަކުޑަކުރޭ..! ނޫނީ ނެކްސްޓައިމް ގައި ނޯވޯޓް..!



ޓްރެންޑިން