އިންޑިއާގެ ސިރަމް ކުންފުނިން އުފައްދަމުންދާ ކޮވިޝީލްޑް ގެ ދެޑޯޒު ފުރިހަމަކުރުމަށްފަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 0.03 އިންސައްތަ މީހުންކަމަށް އިންޑިޔާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން ކޮވިޝީލްޑުގެ ނަމުގައި އުފައްދަމުންދަނީ ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރަރޒެނެކާ އަދި އޮކްސްފޯޑުން ތައްޔާރުކޮށްފައިވާ ވެކްސިނެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ސިރަމް ކުންފުނިން އުފައްދަމުންދާ ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި 100 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 17،745 މީހުންނެވެ. މިއީ އިންސައްތައިން ބަލައިފިނަމަ 0.02 އިންސައްތައެވެ. އަދި ދެޑޯޒު ފުރިހަމަކުރުމަށްފަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 0.03 އިންސައްތަ މީހުންކަމަށްވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން އިންޑިޔާގެ ބަހާރަތު ބަޔޯޓެކުން ތައްޔާރުކޮށްފައިވާ ކޯވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި 93 ލައްކަ އަށްވުރެއް ގިނަ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 4،208 މީހުންނެވެ. މިއީ އިންސައްތައިން ބަލައިފިނަމަ 0.04 އިންސައްތައެވެ. އަދި މިވެކްސިނުގެ ދެޑޯޒު ފުރިހަމަކުރުމަށްފަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީވެސް 0.04 އިންސައްތަ މީހުންކަމަށް މި ތަފާސް ހިސާބުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު