ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ ނަމުގައި ފޭކު ވެކްސިންތަކެއް މެކްސިކޯ އަދި ޕޮލޭންޑުގައި ވިއްކަމުންދާކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފިއެވެ.
ފައިޒަރ ކުންފުނިން ހާމަކޮށްފައިވާގޮތުގައި އެކުންފުނީގެ ކޮވިޑް ވެކްސިންގެ ނަމުގައި ވިއްކަމުންދާ މިވެކްސިންތަކަކާއިމެދު ޝައްކުއުފެދިގެން، މިހާތަނަށް އަތުލައިގަނެވުނު ވެކްސިންތައް ޓެސްޓު ކުރުމުން އެއީ ފޭކު ވެކްސިންތަކެއްކަން ވަނީ ޔަގީންކުރެވިފައެވެ.
މިގޮތުން ޕޮލޭންޑުން ފެނިފައިވާ ވެކްސިން ތަކުގައި ހަމުން ރޫފިލުވަން ދޭ ފަރުވާއެއްގެ ވެކްސިން ފުޅިތަކެއްގައި ބަންދުކޮށް އޭގެ ބޭރުގައި ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިންފުޅީގެ ލޭބަލް ހަރުކޮށްފައިވާކަމަށްވެއެވެ. އަދި މެކްސިކޯއިން ފެނިފައިވާ ވެކްސިން ތަކުގައިވެސް ފައިޒަރ ކުންފުނީގެ ކޮވިޑް ވެކްސިންފުޅީގެ ލޭބަލް ހަރުކޮށްފައިވިނަމަވެސް، އެއްވެސް ވަރަކަށް ކޮވިޑް ވެކްސިނާއި ގުޅުން ހުރި މާއްދާއެއް އޭގައި އެކުލެވިގެންނުވާކަމަށްވެއެވެ. އަދި 80 މީހަކަށް މެކްސިކޯގައި މިފޭކުވެކްސިން ދެވިފައިވާކަމަށްވެއެވެ.
ކަޅުބާޒާރުގައި ވިއްކަމުންދާ މިފަދަ ވެކްސިނުގެ އަގު 2500 ޑޮލަރާ ހަމައަށް އަރާކަމަށްވެސްވެއެވެ.
ފައިޒަރ ކުންފުނިން މިހާރުވަނީ ޕޮލޭންޑު އަދި މެކްސިކޯގެ އޮފިޝަލުންގެ އެހީތެރިކަމާއިއެކު މިފޭކުވެކްސިންތައް އަތުލައިގަނެފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނުގެ ނަމުގައި ފޭކު ވެކްސިންތަކެއް ދައުރުވަމުންދާކަމުގެ އިންޒާރު މީގެ ކުރިންވެސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު