މާސްއަށް ޖައްސައި އެކި ދިރާސާތައް ކުރަމުންދާ ނާސާގެ ޕަރސަވެރަންސް ރޯވާއިން މާސްގައި ކާމިޔާބު ކަމާއިއެކު އޮކްސިޖަން އުފައްދައިފިއެވެ.
ޕަރސަވެރަންސް ރޯވާއިން މާސްގައި އޮކްސިޖަން އުފައްދައިފައިވަނީ މޮކްޒީ ނަމަކަށް ކިޔުނު އިންސްޓްރުމެންޓެއްގެ އެހީގައެވެ. އާދައިގެ ޓޯސްޓަރެއްގެ ސައިޒައް ތައްޔާރުކުރެވިފައިވާ މޮކްޒީގެ އެހީގައި ކާބޮންޑައި އޮކްސައިޑްް އޮކްސިޖަންއަށް ބަދަލުކޮށްފައިވާކަމަށްވެއެވެ.
މިގޮތުން ދެގަޑިއިރުގެ ތެރޭގައި 5.4 ގްރާމްގެ އޮކްސިޖަން އުފައްދައިފައިވާއިރު، މިއީ އެސްޓްރޮނައުޓް އަކަށް 10 މިނެޓުވަންދެން ބޭނުން ކޮށްލެވޭނެ އޮކްސިޖަންގެ މިންވަރެކެވެ.
މާސްގެ ވައިގެ ފަށަލައިގައި 96 އިންސައްތައަށް ކާބޮންޑައި އޮކްސައިޑް އެކުލެވިފައިވުމަކީ އިންސާނުންނަށް ނުރައްކާތެރިކަމެކެވެ. އަދި ދުނިޔެއިން މާސްއަށް އޮކްސިޖަން ފޮނުވުމުގައި ގޮންޖެހުންތަކެއް ހުރުމާއިއެކު، މޮކްޒީގެ މަގްސަދަކަށްވީ މާސްގައި އޮކްސިޖަން އުފައްދޭނެތޯ ޓެސްޓުކުރުމުވެ.
ކުޑަކުޑަ މޮކްޒީގެ ކާމީޔާބީއާއެކު ކުރިއަށް އޮތްތަނުގައި މީގެ ސައިޒު ބޮޑުކޮޑް އޮކްސިޖަން އުފައްދައިދެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރެވިގެންދާނެއެވެ.
މިއަހަރު ފެބްރުއަރީ މަހު ކުރީކޮޅު މާސްއަށް ޖެއްސި ނާސާގެ ޕަރސަވެރަންސް ރޯވާގެ އެހީގައި ކުރެވޭ އެކި ދިރާސާތަކުން މާސްގައި އިންސާނުން ދިރިއުޅެވޭނެތޯ ބަލައި، އިންސާނުންނަށް މާސްއަށް ހިޖުރަކުރުމަށް ބޭނުންވާނޭ މައުލޫމާތު ހޯދައިގަނެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު