ގްލޯބަލް ވަރމިންގ ނުވަތަ ދުނިޔެ ހޫނުވުމުން ރައްކާތެރިކުރުމަށްް ހައްލެއް ހޯދުމަށް، މަޝްހޫރު ބިލިއަނަރ އީލާން މަސްކް 100 މިލިއަން ޑޮލަރު ހުށައަޅައިފިއެވެ.

މިއާއެކު އީލާން މަސްކް ވަނީ ގްލޯބަލް ވަރމިންގ ނުވަތަ ޖައްވު ހޫނުވުމަށް މަގުފަހިވާ ކާބޮންޑައި އޮކްސައިޑް ފަދަ ގޭސްތައް މަދުކުރެވޭނެ ގޮތްތަކެއް ހޯދުމަށް އެދިފައެވެ. މިފަދައިން ހުށައެޅޭނެ އެންމެ ރަނގަޅު ޕްރޮޖެކްޓް ހިނގުމަށް 100 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެކަމަށް އީލާން މަސްކް ހާމަކޮށްފައިވެއެވެ.

މިއީ މިހާތަނަށް މިފަދަ ކަމަކަށް ހުށައަޅާފައިވާ އެންމެ ބޮޑު ފައިސާގެ އިނާމުކަމުގައި ބޭރުގެ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.

މި ފައިސާގެ އިނާމު އިއުލާންކޮށްދެމުން އީލަން މަސްކް ބުނެފައިވަނީ، ފައިސާގެ އިނާމު ލިބޭ ޕްރޮޖެކްޓް ވެގެންދާނީ ކުރިއަށް އޮތް 100 އަހަރަށް ދެމެއްހެއްޓެނިވި ހައްލެއް ހޯދައިދެވޭނެ ޓެކްނޮލޮޖީއަކަށްކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން