ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރު އަލްމުޙައްމަދު އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙް އާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލުގައި ދެބޭފުޅުން ވަނީ ކޯވިޑް-19 އާ ގުޅިގެން ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން މިނިސްޓަރ ޝާހިދު ވަނީ ކޯވިޑް-19 އާ ދެކޮޅަށް ކުވައިތުގެ ސަރުކާރުންނާއި ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ.

އަދި ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ ކުވައިތުގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރައްވާފައެވެ. އަދި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ކުވައިތުން ރާއްޖޭގެ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކުވައިތަކީ ރާއްޖޭގެ ތަރައްޤީގެ ވަރަށް މުހިއްމު ބައިވެރިއެކެވެ. 1970 ގެ އަހަރުތަކުން ފެށިގެން ކުވެއިތުން ވަނީ ރާއްޖޭގައި ހިންގުނު އުމްރާނީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ މާލޭ ބައިނަލްއަޤްވަމީ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢެވެ.


ކިޔުންތެރިންގެ ހިޔާލު


7

ހަސަންބެ

02-May-2020

ކަލޭ ދައުލަތުގެ ބަޖެޓު ހުސްކުރި ގޮތް ހަނދާންކޮށްބަލަ.. އެފައިސާ ހުރިނަމަ ލޯނު ނުނަގާ 35 ދުވަހު ދިވެހިރާއްޖޭގެ ރިކަރިން ޚަރަދު ހިފެހެއްޓޭނެ. ލިބުނުކަމަށް ބުނާ އަދަދު އެއީ ޚަރަދު ކުރި ވަރުގެ ތިންބައި ކުޅައެއްބައި.. އަދި އޭގެން ބަޖެޓަށް ވަނީ ދެބައިކުޅަ އެއްބައި.. މާނަޔަކީ ޚަރަދު ނުކުރިނަމަ ފައިދާ ބޮޑުވީސް އޭ.. ދެން ކޮންހެޑްލައިންތަކެއް ނޫހުގައި މިޖަހަނީ.. އޭނާ މީނަ.. އެރަށް މިރަށުން އެހީ އަށް އެދެފިޔޭ..! މީއީ ކޮންމެ ގައުމެއްވެސް ނަފްސީ ނަފްސީ ކޮށް ނޫޅެވިގެން އުޅޭވަގުތެއް.. ކަންކަމުގައި ކިޔަނީވެސް ވަގުތާއި ހާލަތަށް ބަލާ.. ދޯ ގަމާރަށް ފޮރިންގ ޕޮލިސީވެސް ނޭގުނީމަ ހައިރާންވޭ..މިއޮތް ހާދުވަހު ދައުލަތުގަ އުޅެފަވެސް..



ޓްރެންޑިން