ކޮވިޑުން ރައްކާތެރިވުމަށް ދެވޭ ވެކްސިން މާބަނޑު މީހުންނަށް ދިނުމަށް އެމެރިކާއިން ލަފާ ދީފިއެވެ.

މިފަދައިން ލަފާ ދީފައިވަނީ އެމެރިކާގެ ފެޑަރަލް ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިންނެވެ. މިކަން އިއުލާން ކޮށްދެމުން ސީޑީސީގެ ޑިރެކްޓަރ ވިދާޅުވެފައިވަނީ މޮޑަރނަރ އަދި ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން މާބަނޑު މީހުންނަށް ދީގެން ނުރައްކަލެއްވެދާނެކަމަކަށް ތަހުލީލުތަކުން ދައްކާފައިނުވާކަމަށެވެ.

ނަމަވެސް މާބަނޑު މީހުންނަކީ ނާޒުކު ހާލަތެެއްގައި ތިބޭނެ ބަޔަކަށްވުމުން ކޮވިޑް ވެކްސިން ޖެހުމުގެ ކުރިން، މާބަނޑުވީއްސުރެން އެބަޔަކު ދައްކަމުންއައި ޑޮކްޓަރުންގެ ލަފާއެއްހޯދުމަށް އެދިފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ އާބަދީގެ 26 އިންސައްތަ މީހުންނަށް މިހާރުވަނީ ކޮވިޑް ވެކްސިނުގެ ދެޑޯޒް ފުރިހަމަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން