މިއީ އެންމެ ކުޑަ އުޖޫރަ ހަމަޖައްސަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާން ދެކެވަޑައިގަންނަވާ ގޮތުގައި މި ދަނޑިވަޅަކީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ވަޒީފާނެތް ފަރާތްތަކަށް އެލަވަންސެއް ހަމަޖެއްސުމަށް އެންމެ މުނާސަބު ވަގުތު ކަމަށެވެ.
ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވާފައެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލް އަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުން ފެށިގެން އެ ދުވަހަކީ ރާއްޖޭގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސަވައި އެދުވަސް ގެންދަވަނީ ފާހަގަ ކުރައްވަމުންނެވެ. އެންމެ ފަހުން ރާއްޖޭގައި މޭޑޭ ފާހަގަ ކޮށްފައިވަނީ މިހާރުގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންވާ ބޭފުޅުން އިދިކޮޅުގައި ތިއްބެވި އިރުއެވެ. އެބޭފުޅުން އެންމެ ފަހުން މޭޑޭ ފާހަގަ ކުރުމަށް މާލޭގެ މަގުތަކަށް ނުކުމެ ގިނަ ބަޔަކު ބައިވެރިވެގެން ބޭއްވި މުޒާހަރާއަށް ފަހު ބައެއް ލީޑަރުން ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖަލަށެވެ. އަދި ބައެއް ބޭފުޅުން ގައުމު ދޫކުރައްވައި އަމިއްލައަށް އަރުވާލެއްވުނީއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާޢަތްތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް 5000 ރުފިޔާގެ ލޭއޮފް ބެނެފިޓެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބިލް މިވަގުތު އޮތީ މަޖިލީހުގައެވެ.

ކިޔުންތެރިންގެ ހިޔާލު