ކޮވިޑު ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިރާގުގެ ބަޣުދާދުގައި ގާއިމުކުރެވިފައިވާ ހޮސްޕިޓަލެއް ގޮވައި، 27 މީހަކު މަރުވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ހޮސްޕިޓަލުގެ އައިސީޔޫގެ އޮކްސިޖަން ޓޭންކެއް ގޮވުމުންކަމަށްވެއެވެ. އަދި މިހާދިސާގައި 27 މީހަކު މަރުވެފައިވާއިރު، 46 މީހަކަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.

ހަނގުރާމަޔާއި، އިހުމާލުވުމާއިއެކު މިދިޔަ 10 އަހަރުވެސް ފެއިލް ވެފައިވާ ބަޣުދާދުދެ ސިއްހީ ނިޒާމަށް ކޮވިޑާ ގުޅިގެން އެތައް ޕްރެޝަރއެއް ކުރިމަތިވެފައިވާއިރު، މިފަދަ ހާދިސާ އަކާއެކު، ކޮވިޑާ ހަނގުރާމަކުރުމުގައި އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން