މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަގީންކަން ދެއްވީ، ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
މި ޓުވީޓުގައި ރައީސް ޞާލިޙް ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ ސަބަބުން މިދަނޑިވަޅަކީ، މަސައްކަތްތެރިންގެ ހައްގުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަކީ އެހެން ގައުމުތަކަށް ބަރޯސާވުން ބޮޑު ގައުމަކަށްވުމުން އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު އެހެން ގައުމުތަކަށްވުރެ ބޮޑުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވި އިރު، ކޯވިޑް-19 ގެ ސަބަބުން ވަޒީފާގެ ޙާލަތަށް ބަދަލުއައި މީހުންނަށް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް 2.5 ބިލިއަން ރުފިޔާގެ ހާއްސަ ރިކަވަރީ ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު