އެމްޕީ އެލްގެ އިސްވެރިން
އެމްޕީ އެލްގެ އިސްވެރިން
އެމްޕީއެލްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ މުވައްޒަފެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މީގެ 4 ދުވަސް ކުރިން ކަމަށެވެ.

"ސީދާ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމްޕީއެލްގެ އެއް ސްޓާފަކު ޕޮޒިޓިވްވެފައިވޭ. އެ ސްޓާފު ޕޮޒިޓިވިކަން އެނގިފައި ވަނީ މީގެ ހަތަރު ފަސް ވަރަކަށް ދުވަސް ކުރިން،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ މުވައްޒަފު ޕޮޒިޓިވްވި ކޭސް އިތުރަށް ތަފްސީލް ކޮށްދެއްވަމުން ޝާހިދު ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފު ޕޮޒިޓިވްކަން އެނގުނު އިރު އެންމެ ފަހުން އޮފީހަށް ނުކުތީ މިމަހުގެ 18 ވަނަ ދުވަހުގައި ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ކޮވިޑް ވިލެޖުގައި އެމްޕީއެލްގެ ފަރާތުން އެއްވެސް އަމަލީ މަސައްކަތެެ ނުކުރާ ކަަމަށާއި ނަމަވެސް އެ ކޮންސްޓްރަކްޝަން ސަރަހައްދަށް އެމްޕީއެލުން 10 ކޮންޓެއިނާ ޑެލިވާ ކުރި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ކުންފުނީގެ ލޮޖިސްޓިކް ސްޓާފުން އެ މަސައްކަތުގައި އުޅެފައިވާއިރު ޕޮޒިޓިވް ވި ސްޓާފަކީ އެމްޕީއެލްގެ ސްޓާފުންނާއެކީ ލޮކްޑައުންވި ސްޓާފެއް ނޫން ކަމަށާއި އެއީ ޑިއުޓީއަށް ނުކުންނަ އުސޫލުން ނުކުންނަ ސްޓާފެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭން މިހާތަނަށް 468 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު ބާޒާރުމަތީ ކްލަސްޓާއަކީ އެންމެ ބޮޑު ކްލަސްޓާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެމްޕީއެލްއަކީ ބާޒާރުމަތީގައި އެންމެ ކާރުބާރު ބޮޑުކޮށް، މުދާ އަރުވާ ބޭލުމާއި، މާލެ ތެރެއާއި އެކި ރަށްރަށަށް ގެންދާ މުދާ އެ ސަރަހައްދުން ބޭރު ކުރުމުގައި އެންމެ ބުރަ މަސައްކަތެއް ކުރާ އެއް މުއައްސަސާއެވެ.

މާލެ ނޯތު ހާބަރަކީވެސް އެމްޕީއެލްގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ތަނަކަށް ވާއިރު، އެ ސަރަހައްދު ހިމެނެނީ އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް ކްލަސްޓާގެ ގޮތުގައެވެ.

ހުސްވި އޭޕްރީމް މަހުގެ 15 ގައި މާލެއިން ކޯވިޑް-19 ފެނި، ގައިން ގަޔަށް ބަލި ފެތުރެން ފެށިފަހުން މިއަދާ ހަމައަށް 468 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ދެމުންދާ 451 މީހަކު އެބަ ތިއްބެއެވެެ.

އަދި މި ބަލި އަތޮޅުތެރެއަށް ފެތުރި މިހާރު 5 ރަށަކުން ވަނީ ބަލި ފެނިފައެވެ. އެއީ ހއ. އުލިގަމު، ށ. ނަރުދޫ، ށ. މިލަންދޫ، ކ. ތުލުސްދޫ އަދި ހއ. ތަކަންދޫއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން