މާލޭ ވިދޔާފާރި ބަނދަރުން މުދާ ބޭލުން ލަސްވެ މުދާކޮޅު ހަލާކުވަމުންދާތީ ބައެއް ވިޔަފާރި ވެރިން ކުރަމުން ގެންދާ ޝަކުވާތަކަށް މޯލްޑިވްސް ޕޯޓްސް ލިމެޓުޑުން ލޮކްޑައުންއާއި ގުޅުވައިގެން ޖަވާބު ދެއްވައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ހިންގާ ދަރުބާރުގޭގައި ކޯވިޑް-19 އާއި ގުޅޭ މައުލޫމާތު އާންމުކުރުމަށް ނޫސްކޮންފަރެންސް ބާއްވާ މާލަމުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެމްޑީ ޝާހިދު ޢަލީ ވިދާޅުވީ އެކުންފުނީގެ 168 މުވައްޒަފަކު މަސައްކަތް ކުރަމުން ދަނީ ސައިޓްތަކުގައި ލޮކްޑައުން ވެގެން ކަމަށެވެ.
އެގޮތުން ލޮކްޑައުން ވެގެން ތިބީ ޕޯޓުގެ އޮޕަރޭޝަނަށް މުހިއްމު ސްކިލްޑް މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން އެ މުވައްޒަފުން ލޮކްޑައުންގައި ބައިތިއްބާފައި ވަނީ އެ މުވައްޒަފުންގެ ރައްކަލަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޮކްޑައުން ހާލަތުގައި ކުންފުނީގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މާލެ ލޮކްޑައުންގެ ހާލަތަށް އައި އިރު ބައެއް މުވައްޒަފުން ގޭގައި ތިބި ކަމަށާއި އަދި ލޮކްޑައުންގެ ހާލަތުގައި ނުކުމެގެން މަސައްކަތް ކުރާ މުވައްޒަފުންނަކީ މި ހާލަތުގައި ވޮލަންޓިއާކޮށް ނުކުމެގެން މަސައްކަތް ކުރެވޭނެ މުވައްޒަފުންތޯ ބަލައިގެން ކުންފުނީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު އެމްޕީއެލުން ކުރިމަތި ލަމުންދާ ގޮންޖެހުންތަކުގެ ތެރޭގައި ޕޯޓުތެރޭގައި މުދާ ގިނަވުމާއި، މަސައްކަތްކުރާ މުވައްޒަފުން މަދުވުމާއި، މަސައްކަތް ކުރާ ގަޑި މަދުވުމުގެ މައްސަލަތައް ޝާހިދު ފާހަގަކުރެއްވިއެވެ.
މުދާ ބޭލުމުގެ އިތުރުން އިތުރު އެހެން ކަންކަން އެކުންފުނިން ކުރަމުން ގެންދާކަން ވެސް މިއަދު ޝާހިދު ފާހަގަ ކުރެއްވިއެވެ. އެގޮތން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރގެ އެދުމަށް ހުޅުމާލެއާއި މާލެއާ ދެމެދު އެމްޕީއެލްގެ ބަސްދަތުރުތައް ބާއްވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޝެޑިއުލެއްގެ ދަށުން ބާއްވާ ބަސް ދަތުރުތަކަކީ ސިއްހީ ދާއިރާއާއި މި ލޮކްޑައުންގެ ހާލަތުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުން މަސައްކަތަށް ދިއުމަށާއި، މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ދިއުމަށް ބޭނުންވާ ފަރާތަތްކަށް ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ބަސް ދަތުރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓު ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މަދު މުވައްޒަފުންތަކެއް ލޮކްޑައުންވެގެން ގެއަށް ނުގޮސް އެތަނުގައި ތިބެގެން ހިދުމަތް ދެމުން އަންނަ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސަދަން ޓްރާންސްޕޯޓުގައި ދެ ފެރީއެއް ބާއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލޮކްޑައުންގެ ހާލަތުގައި ފަސިންޖަރުން އުފުލުމުގެ އެއްވެސް ހުއްދައެއް ނެތުމުން އެ ފެރީތަކަކީ ހަމައެކަނި ކާގޯ އުފުލުމަށްޓަކައި ބާއްވާ ފެރީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޕީ އެލްގެ މަސައްކަތްތަކާ ބެހޭ ގޮތުން ޝާހިދު ޢަލީ މިއަދު ވާހަކަ ދައްކަވާފައި ވާއިރު ވަރަށް ދަތި އުނދަގުލުގައި މިދުވަސްވަރު ރާއްޖެއަށް ގެންނަ ޒަރޫރީ މުދާ ކޮޅު ބޯޓުން ނުބޭލި ގިނަ ދުވަސްވާތީ ބައެއް ވިޔަފާރިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. އަދި ރާއްޖެއަކީ މުޅިން ވެސް ބޭރުގެ އިމްޕޯރޓަށް ބަރޯސަވެފައި އޮތް ގައުމަކަށް ވާއިރު މި ރޯގާބަލިމަޑުކަމާއެކީގައިވެސް ޤައުމުގެ އިގްތިޞާދީ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ހިނގައިގެން ނޫނީ ދުވަހުން ދުވަހަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބާވަތްތަކަށް ޖެހިދާނެކަމުގެ ބިރު އޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު