އިންޑިޔާގައި ކޮވިޑު ބަލީގައި ހާލުބޮޑުވެ މަރުވާ މީހުން ގިނަވެ، އެއްފަހަރާ އެތައްބައެއްގެ ޖަނާޒާ ބޭއްވުމަށް ވަނީ މަޖުބޫރުވެފައި.
އިންޑިޔާގައި ކޮވިޑު ބަލީގައި ހާލުބޮޑުވެ މަރުވާ މީހުން ގިނަވެ، އެއްފަހަރާ އެތައްބައެއްގެ ޖަނާޒާ ބޭއްވުމަށް ވަނީ މަޖުބޫރުވެފައި.
އިންޑިޔާގައި ކޮވިޑުގެ ބިރުވެރިކަމުގެ ބިޔަ ރާޅާއެކު އެއްވެސް ކޮންޓްރޯލެއް ނެތި ބަލިފެތިރެމުންދާތީ، ކޮވިޑުން ސަލާމަތްކޮށްދިނުމަށް އެދި މާތްﷲގެ ހަޒުރަތުގައި ދުއާކޮށްދިނުމަށް އިންޑީއަގެ މުސްލިމުންގެ ކިބައިން އެދެފިއެވެ.

މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވާ ގައުމުތަކުގެ ތެރެއިން އިންޑިއާއަކީ މިފަހުންވެސް މުސްލިމުންނާމެދު އެފަދަ އަނިޔާވެރިކަމަށް މަޝްހޫރުވެފައިވާ އެއްގައުމެވެ. ނަމަވެސް އިންޑިޔާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު، މިބަލި ޖެހި ހާލު ބޮޑުވާ މީހުން ގިނަވެ، މިބަލީގައި މަރުވަމުންދާ މީހުން އިތުރު ވަމުން ދިއުމުގެ ބިރުވެރިކަމާއިއެކު އިންޑިއާގެ ފުލުހުން ވަނީ ކޮވިޑުން ސަލާމަތްކޮށްދިނުމަށް އެދި ދުއާކޮށްދިނުމަށް އެގައުމުގެ މުސްލިމުންގެ ކިބައިން އެދިފައެވެ.

"ރޯދަމަހު ތަރާވީޙް ނަމާދުގައި ކުރެވޭ ދުޢާ އިޖާބަކުރައްވާނެކަމަށް އަޑުއަހައި ގަބޫލު ކުރަން. އެނަމާދުކުރާއިރު، އިންޑިޔާ ކޮރޯނާ ވައިރަހުން ސަލާމަތްކޮށްދެއްވައި، އިންޑިއާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ މިހިތްދަތިކަމާއި ހިތާމަވެރިކަން ލުއިކޮށްދެއްވުމަށް އެދި މާތްﷲ ގެ ހަޒްރަތުގައި ދަންނަވައިދީ." އިންޑިޔާގެ ފުލުހުން މަގުމަތީގައި ތިބެ ތާޅަފިލި ބޭނުންކޮށްގެން ގޮވާލާފައިވެއެވެ.

އިންޑިއާގެ ފުލުހުން ގެންދަނީ އިންޑިއާގައި މުސްލިމުން އުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން، އިންޑިއާ ކޮރޯނާ ވައިރަހުން ސަލާމަތްކޮށްދެއްވުމަށް އެދި މާތްﷲ ގެ ހަޒްރަތުގައި ދަންނަވައިދިނުމަށް އެދި މުސްލިމުންގެ ކިބައިން އާދޭސް ކުރަމުންނެވެ. މިމަންޒަރުތަކާއި އަޑުތައް ބައެއް ޓީވީ ޗެނަލްތަކުގެ ޚަބަރުގައިވެސް ގެނަސްދީފައި ވެއެވެ.



އިންޑިޔާގައި ކޮވިޑްޖެހިގެން ހާލު ބޮޑުވާމީހުން ގިނަވެ، އިންޑިޔާގެ ހޮސްޕިޓަލްތައް އޮކްސިޖަނަށްޖެހި ބަލިމީހުން މަރުވާން ދޫކޮށްލަން ވަނީ މަޖުބޫރުވެެފައެވެ. މިފަދައިން އޮކްސިޖަނަށް މަޑުކޮށްގެން ތިބި އެތައް ބަލިމީހަކު މަރުވެފައިވާއިރު، މިބަލީގައި ހާލުބޮޑުވެ މަރުވާ މީހުން ގިނަވެ، މަރުވާމީހުންގެ ޖަނާޒާ ބޭއްވުމަށްވެސް މިހާރުވަނީ ކިއުހަދާފައެވެ.

މިއާއެކު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިންޑިއާއަށް އޮކްސިޖަންގެ އެހީ ފޯރުކޮށްދޭން ވެސް ފަށާފައެވެ. އެގޮތުން ސައުދީން ވެސް 80 މެޓްރިކް ޓަނުގެ އޮކްސިޖަން އިންޑިއާއަށް ފޮނުވައިދީފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން