މޯލްޑިވިއަނުން އެ ކުންފުނީގެ ތާރީޚުގައިވެސް އެންމެ ގިނައިން މުދާ އުފުލައި ރެކޯޑް ޢަދަދަކަށް ކާގޯ ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ ޗެންނާއީން، އާންމު ބޭނުންތަކަށް ބޭނުންކުރާ 18801 ކިލޯގެ މުދާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. މީ އެ ކުންފުނީގެ ތާރީޚުގައި ރެކޯޑް އަދަދެއް ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ބުނީ ކޯވިޑް-19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ މިދަތި އުނދަގޫ ވަގުތުގައި ރައްޔިތުންނަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގައި އެ އެއާލައިނުން ވިޔަފާރިވެރިންނާއި އެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައެވެ. އެހެންކަމުން އާންމު ބޭނުންތަކަށް ބޭނުންކުރާ މުދާ ލިބުމުގައި ރާއްޖޭގެ އަތޮޅުތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުނަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު