އިންޑިޔާ އަދި ދުނިޔޭގެވެސް މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ.
އިންޑިޔާ އަދި ދުނިޔޭގެވެސް މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ.
ކޮވިޑުގެ ނުރައްކާ ބޮޑުވެ، އިންޑިއާ ހާލުގައި ޖެހިފައިވަނިކޮށް އެމެރިކާއިން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ކޮވިޑް ވެކްސިން އޯޑަރު ކުރުމުން އިންޑިއާ އަދި ދުނިޔޭގެވެސް މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ނުރުހުންފާޅުކޮށްފިއެވެ.

2000 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ ތާޖާއެކު މަޝްހޫރުވެގެންދިޔަ ޕްރިޔަންކާ ވަނީ، އިންޑިއާގެ ހާލަތު ނާޒުކު ވެފައިވާ މިދަނޑިވަޅުގައި، އިންޑިއާއަށް ވެކްސިން ލިބޭނެތޯވެސް ސުވާލުއުފައްދާފައެވެ.

"ކޮވިޑުގެ ނުރައްކާ ގޯސްވެ، އިންޑިއާ ހާލުގައި ޖެހިފައިވަނިކޮށް އެމެރިކާއިން ވަނީ އެގައުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް، 550 މިލިއަން ވެކްސިން އޯޑަރުކޮށްފަ. މިއީ ހިތާމަހުރިކަމެއް. މުޅިދުނިޔެއަށް އެހީތެރިވެދިނުމުގެ ނަމުގައި އެސްޓްރަޒެނެކާއިން ކުރަމުންދާ މަސައްކަތަށް ޝުކުރިއްޔާއޭ ބުނެވޭނީ. އެކަމަކު އަހަރެންގެ ގައުމު އޮތީ ނާޒުކު ހާލަތެއްގައި. އިންޑިޔާއަށް ބޭނުންވާހާ އަވަހަށް އެސްޓްރަޒެނެކާއިން ވެކްސިން ފޯރުކޮށްދެވޭނެތަ؟" ޕްރިޔަންކާގެ ޓްވީޓުގައި ލިޔެފައިވެއެވެ.

ޕްރިޔަންކާގެ ޓްވީޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިތުރުން، ވައިޓްހައުސްގެ އިސްވެރިންވެސް ވަނީ ޓެގްކޮށްފައެވެ.

ޕްރިޔަންކާގެ ޓްވީޓާއިގުޅިގެން އިންޑިޔާގެ ގިނަ އާންމުން ފާޑުކިޔައިފައިވާއިރު، ވެކްސިނަށްވުރެ އޮކްސިޖަނާއި، ސިއްހީ ފަރުވާގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި އިންޑިޔާގެ ހާލަތާއިމެދު ޕްރިޔަންކާ ޓްވީޓުކުރަން މާލަސްވެއްޖެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނަަށް އޯޑަރުކޮަށްފައިވާއިރު، އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނަކީ އަދި އެމެރިކާގައި ބޭނުންކުރުމަށް ހުއްދަދީފައިވާ ވެކްސިނެއްނޫނެވެ. އެމެރިކާގައި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރަމުންދަނީ ފައިޒަރ، މޮޑަރނަރ އަދި ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ކޮވިޑް ވެކްސިނެވެ. މީގެއިތުރުން، އެމެރިކާއަށް އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިނުގެ ބޭނުމެއްވެސް ނެތްކަމަށް ވައިޓްހައުސްގެ ކޮވިޑް-19 ރެސްޕޮންސް ކޯޑިނޭޓަރ ޖެފް ޒިއެންޓްސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން