މޯލްްޑިވިއަންގެ ކާރގޯ ފްލައިޓެއް
މޯލްްޑިވިއަންގެ ކާރގޯ ފްލައިޓެއް
ތައިލެންޑާއި ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.

މިތަކެތި ރާއްޖެ ގެނެސްފައިވަނީ ތައިލެންޑާއި ސިންގަޕޫރުން ރާއްޖެ އައި މޯލްޑިވިއަންގެ ކާގޯ ބޯޓެއްގައެވެ. މިއީ ކޯވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ދިން އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ޢާއްމު ކޮށްފައިވާ ނޫސްބަޔާނެއްގައި ވަނީ، މި ގެނައި މެޑިކަލް ސާމާނުގެ ތެރޭގައި ހިމެނެނީ ސިންގަޕޫރުގެ ޓެމަސެކް ފައުންޑޭޝަނުން ހަދިޔާކުރި 5000 ޓެސްޓް ހިމެނޭ 25 ޓެސްޓް ކިޓާއި ތައިލެންޑްގެ ޓްރެވަލް އެޖެންޓެއް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެކްސްޕާޓް ކޮމްޕެނީ ލިމިޓެޑްގެ ކޮންސަލްޓިން މެނޭޖަރު ތިޓިތިޕް ތަންޔަކުލްތިޕް ހަދިޔާކުރި 200 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި އިތުރު 300 ޕީޕީއީ ކަމަށެވެ.

މި ލިބުނު ތަކެތިން ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، އަންނަ ހަފުތާގައި ވެސް ސިންގަޕޫރުގެ ހެޔޮއެދޭ ބައެއް ފަރާތްތަކުން ރާއްޖެއަށް ފޮނުވާ އިތުރު އެހީ ލިބޭނެ ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވެސް ވަނީ ރާއްޖެ އައި ކާގޯ ބޯޓެއްގައި 5000 ޓެސްޓު ކިޓާއި 5000 މާސްކާއި 500 ޕީޕީއީ ސެޓު އަދި 15 އޮޓޯބައިޕާޕް ނޮން އިންވޭސިވް ވެންޓިލޭޓާސް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


6

ޖުނައިދު

02-May-2020

މަގޭ ހިތަށް އަރާ މިވަރުގެ އެހީ އެއް ވެވޭނެ މަހުޖަނެއް ވެސް މި ރާއްޖޭގައި ނެތީބާއ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ.މި އޮތް ހާ ދުވަހު މި މީހުނަށް ލިބުނު ފައިސާ ތައް ކޮބާ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް


15

މީ ކާކު

02-May-2020

ރާއްޖޭގެ ނަން މަޝްޙޫރު މަހުޖަނުންތައް ކޮބާ .



ޓްރެންޑިން