އިންޑިއާގެ އުތުރުން އޮންނަ އަސާމް ސްޓޭޓް ސަރަހައްދަށް 6.4 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ.

މިބިންހެލުން އައިސްފައިވަނީ އިންޑިޔާގަޑިން މިއަދު ހެނދުނު 07:51 ގައެވެ. އެއަށްފަހު 4.3 އަދި 4.4 މެގްނިޓިއުޑް ބާރުމިނުގައި އިތުރު ދެބިންހެލުމެއް އައިސްފައިވާކަމަށް އިންޑިޔާގެ ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

މިބިންހެލުމުގެ ސަބަބުން މީހަކަށް އަނިޔާވިކަމެއް އަދި ރިޕޯޓުކުރެވިފައެއް ނުވެއެވެ. ނަމަވެސް، އެކި އިމާރާތްތަކުގެ ފާރުތައްވެއްޓި އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން