ވެކްސިންޖެހުމަށް ޕާކިސްތާނުގައު ކިއުހަދާފަ.
ވެކްސިންޖެހުމަށް ޕާކިސްތާނުގައު ކިއުހަދާފަ.
ޕާކިސްތާނުގެ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ކޮވިޑް ވެކްސިން ހުސްވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ޕާކިސްތާނުގެ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ބުނަނީ ޕްރައިވެޓް ކުންފުނިތަކުން ގެނެސްފައިވާ 50،000 ޑޯޒު ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިނާއި 10،000 ޑޯޒުގެ ޗައިނާ ކޮވިޑް ވެކްސިނުގެ ތެރެއިން 50،000 ޑޯޒު މިހާރު ވަނީ ހުސްވެފައި ކަމަށެވެ. އަދި އިތުރަށް ވެކްސިން ހޯދުމަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެފަރާތްތަކުން ބުނެއެވެ.

ޕާކިސްތާނުގައި ކޮވިޑުގެ ތިންވަނަ ރާޅާއިއެކު، ޕްރައިވެޓް ކުންފުނިތަކުން ފޯރުކޮށްދެމުންދިޔަ ކޮވިޑް ވެކްސިނަށްް އޮތް ޑިމާންޑްވަނީ އިތުރުވެފައެވެ. ޑިމާންޑު އިތުރުވިނަމަވެސް، ޕާކިސްތާނުގެ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިނުގެ ދެޑޯޒް ވިއްކަމުންދަނީ 8،449 ރުޕީސް އަށެވެ. މިއީ ގާތްގަނޑަކަށް 55 ޑޮލަރެވެ. އަދި ޗައިނާގެ ކަންސީނޯބައޮލޮޖިކްސް ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިން ވިއްކަމުންދަނީ 4،225 ރުޕީސްއަށެވެ.

ޕާކިސްތާނުގެ ސަރުކާރުން މިހާތަނަށް ޗައިނާގެ ތިން ކޮވިޑް ވެކްސިނެއް ބޭނުންކުރުމަށް ވަނީ ހުއްދަދެވިފައެވެ. މީގެތެރޭގައި ސިނޮފާމް، ސިނޮވަކް އަދި ކަންސީނޯބައޮލޮޖިކްސް ކުންފުނިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން ހިމެނެއެވެ. މީގެއިތުރުން، ރަޝިޔާގެ ސްޕަޓްނިކްވީ އަދި އެސްޓްރަރޒެނެކާގެ ކޮވިޑް ވެކްސިންވެސް ޕާކިސްތާނުގައި ބޭނުންކުރުމަށް ވަނީ ހުއްދަދެވިފައެވެ.

ޕާކިސްތާނުގެ ޕްރައިވެޓް ކުންފުނިތަކުގެ އިތުރުން ޕާކިސްތާނު ސަރުކާރުގެ އެހީގައި އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ހަ މިލިއަން ޑޯޒު ވެކްސިން ގަނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ކޯވެކްސް މެދުވެރިކޮށް 17 މިލިއަން ޑޯޒު ކޮވިޑް ވެކްސިން ޕާކިސްތާނަށް ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން