ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރުމުން މާސްކް ނާޅައި އުޅެވޭނެކަމަަަށް އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ހާމަކޮށްފިއެވެ.

މިކަމާ ބެހޭގޮތުން އެމެރިކާގެ ސީޑީސީ އިން ނެރެފައިވާ އާގަވާއިދުގައި ބުނާގޮތުންނަމަ، ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން މާސްކް ނާޅައި ބޭރުގައި އުޅުމާއި، ރެސްޓޯރަންޓްތަކުން ކެއުމާއި، ކުދި ގްރޫޕްތަކުގެ މެދުގައި އެއްވެއުޅެވޭނެކަމަށެވެ. ނަމަވެސް ވެކްސިން ނުޖަހާ ފަރާތްތަކުން އާންމު ސަރަހައްދުތަކުގައި އުޅޭއިރު އަދިވެސް މާސްކް އަޅަން ޖެހޭނެކަމަށް ސީޑީސީ އިން ބުނެފައިވެއެވެ.

އަދި ގިނަބަޔަކު އެއްވެ ހިންގޭ ހަރާތްތަކުގައި ވެކްސިން ޖެހިޔަސް ނުޖެހިޔަސް މާސްކް އަޅަން މަޖުބޫރު ވާނޭ ކަމަށް ސީޑީސީން ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި، މިއުޒިކް ފެސްޓިވަލްތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއި ދީނީ ގޮތުން އެއްވާއެއްވުންތަކާއި، އިންޑޯ ޖިމް ތަކުގައި ކަސްރަތުކުރުން ހިމެނެއެވެ. އަދި މިފަދަ ކަންކަމުގައި ވެކްސިން ނުޖަހާ ފަރާތްތައް ބައިވެރިވުން ރައްކާތެރި ނޫން ކަމަށްވެސް ސީޑީސީން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން މިފަދަ ލުއެއް ދީފައިވަނީ ގިނަ ބަޔަކު ވެކްސިނުގެ ދެޑޯޒު ފުރިހަމަކުރުމުންނެވެ. މިގޮތުން އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާގެ އާބާދީގެ 95.9 މިލިއަނަށް ވުރެއް ގިނަމީހުން މިހާރުވަނީ ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން