ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރަމުންދާ ވެކްސިނުގެ އެއްޑޯޒުންވެސް މިބަލިފެތުރުން 50 އިންސައްތައާއި އާހަމައަށް ދަށްކޮށްދޭކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ކޮށްފައިވާ މިދިރާސާގައި ބޭނުންކޮށްފައިވަނީ ފައިޒަރ އަދި އެސްޓްރަރޒެނެކާ ކުންފުނީގެ ކޮވިޑް ވެކްސިނެވެ. މިދިރާސާއިން ދައްކާގޮތުގައި ވެކްސިން ނުޖަހާ މީހުންނާ އަޅާ ބަލާއިރު، ފައިޒަރ އަދި އެސްޓްރަރޒެނެކާ ކުންފުނީގެ ކޮވިޑް ވެކްސިނުގެ އެއް ޑޯޒު ޖަހާފައިވާފަރާތްތައް މެދުވެރިކޮށް ކޮވިޑު ފެތުރުމުގެ ފުރުސަތު 38 އިންސައްތައާއި 49 އިންސައްތައާއި ހަމައިގައި ދެމެހެއްޓެއެވެ.

މީގެއިތުރުން މިވެކްސިނުގެ ފުރަތަމަ ޑޯޒަށްފަހު ހަތަރު ހަފްތާފަހުން، ކޮވިޑް ބަލީގެ އަލާމާތްތަކާއިއެކު ހަށިގަނޑުތެރޭގައި އިންފެކްޝަން ފެތުރޭ މިންވަރު ހުއްޓުވައި ރިސްކު ކުޑަކޮށްދޭ މިންވަރު 60 އިންސައްތައާއި 65 އިންސައްތައާއި ދެމެދު ހިފެހެއްޓޭނެކަމަށް ދިރާސާއިން ދައްކައެވެ.

އިނގިރޭސިވިލާތުގެ މިދިރާސާ އާއެކު އެގައުމުގެ ސަރުކާރުން ވަނީ ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އާންމުންނަށް ގޮވާލާފައެވެ. އެގައުމުގައި މިހާތަނަށް 34 މިލިއަނަށްވުރެއް ގިނަ މީހުން ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން