އިންޑިއާއިން މިފަހަކުން ފެނިފައިވާ ކޮވިޑުގެ ވޭރިއަންޓް ސްޕެއިން ވިލާތާއި ޕޯޗުގަލުން (ޕޯޗުގީޒުން) ފެނިފައިވާކަމަށް އެދެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފިއެވެ.

ސްޕެއިނުން އިންޑިޔާގެ ކޮވިޑް ވޭރިއަންޓް ފެނިފައިވަނީ ސްޕެއިންގެ ދެކުނުން އަންދަލޫސިއާ ސަރަހައްދުންނާއި ވެލެންސިއާ ސަރަހައްދުންނެެވެ. މިދެސަރަހައްދުން އިންޑިޔާގެ ކޮވިޑް ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ކިތައް މީހުންކަމެއް އާންމުކޮށްފައި ނުވިނަމަވެސް، ސްޕެއިންގެ ވެލެންސިއާ ސަރަހައްދުން މިވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ މީހާގެ ދައްތައަކު ވަނީ މިފަހަކުން އިންޑިޔާއަށް ދަތުރުކޮށްފައެވެ.

މީގެއިތުރުން، އިންޑިޔާގެ ކޮވިޑް ވޭރިއަންޓް ޕޯޗުގީޒުން ފެނިފައިވާއިރު، މިހާތަނަށް މިވޭރިއަންޓަށް ހަ މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ. އަދި މިއާއެކު މިވޭރިއަންޓުގެ ކޮމިއުނިޓީ ސްޕްރެޑެއް އެގައުމުގައި އުޅޭކަމަށްވެސް ޕޯޗުގީޒްގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ. ނަމަވެސް ޕޮޒިޓިވެފައިވާ އެއްވެސް ފަރާތެއް އިންޑިޔާއަށް ދަތުރުކޮށްފައިނުވާތީވެ ޕޯޗުގީޒްގައި މިވޭރިއަންޓް ފެތުރުމުގެ އަސްލު ހޯދުމަށް ތަހުގީގު ކުރެވެމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިޔާގެ ކޮވިޑް ވޭރިއަންޓާއި ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިރާސާ ކުރަމުންދިޔަނަމަވެސް، މި ވޭރިއަންޓަކީ އެހެން ވޭރިއަންޓްތަކާ އަޅާ ބަލާއިރު ނުރައްކާތެރި އަދި ފެތުރޭމިންވަރު އިތުރު ވޭރިއަންޓެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މިވޭރިއަންޓް 17 ގައުމަކުން ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން