ނަ. މަނަދޫ
ނަ. މަނަދޫ
ނ. މަނަދޫއިން މާލެ ގެނައި ބަލި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭނާ ޕޮޒިޓިވްވި ކަން އެނގިފައި ވަނީ މާލެ ގެނައުމަށްފަހު ޓެސްޓު ކުރުމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ 80 އަހަރުން މަތީގެ މީހެކެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މި މީހާ އަކީ މިދިޔަ މާޗް މަހުގެ 25 ގައި އޮޕަރޭޝަނެއް ކުރުމަށްފަހު އަނބުރާ ރަށަށް ގޮސްފައިވާ މީހެކެވެ. އޭގެ ފަހުން އިތުރު ތަނަކަށް ނުވަތަ ރަށުން ބޭރަށް ދަތުރު ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ރަށުން ޑޮކްޓަރަށް ދެއްކީ މިހިނގާ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކަމަށާއި އޭނާއަކީ ކޯވިޑް-19 އަށް ޝައްކު ކުރެވިގެން ފަރުވާދިން ބަލިމީހެއް ނޫންކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެ މީހާގެ ހާލު ބޮޑުވެގެން ބުރާސްފަތި ދުވަހުގެރޭ މާލެ ގެނެވިފައި ވާއިރު، ހުން ހުރުމާއެކު އައިޖީއެމްއެޗުން ކޯވިޑް-19 އަށް ޓެސްޓް ކުރި ކަމަށާއި، ޕޮޒިޓިވްވިކަން އެނގިފައިވަނީ ހުކުރު ދުވަހުގެ ހަވީރު ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 481 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން