ރާއްޖޭގެ ރިީީީީީިިިީތި ރިސޯޓެއް- ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި
ރާއްޖޭގެ ރިީީީީީިިިީތި ރިސޯޓެއް- ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައި
މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލެވޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.

ސީއެންއެންގެ "ކުއެސްޓް މީންސް ބިޒްނަސް" ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުމުން ކަމަށާއި އުއްމީދު ކުރައްވަނީ ތިން ވަަނަ ކުއާޓާރގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭ ވަރުވާނެ ކަމަށެވެ.

މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މި ވަގުތަށް ބަލާއިރު މި ތިބީ ތޫފާނުގެ މެދުތެރޭގައި ކަމަށާއި މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިހާލަތުން އަރައިގަނެވުނުހާ އަވަހަކަށް ބޯޑަރު ހުޅުވާލެވޭނެ ކަމަށާއި މި ވަގުތު މަސައްކަތް މި ކުރަނީ ރާއްޖެ އަކީ އެންމެ ރައްކާތެރި ޓޫރިސްޓުންގެ މަންޒިލުގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާނީ ރައްކާތެރިކަން ކަށަވަރުކޮށް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

"ނަސީބަކުން އަޅުގަނޑުމެންގެ ގައުމު ވެސް އޮތީ ރަނގަޅު ގޮތަކަށް. ކޮންމެ ރަށެއް މި އޮތީ ވަކިން. ކޮންމެ ރަށެއްގައި ހުންނެވިޔަސް އެ ހުންނެވެނީ އައިސޮލޭޝަނެއްގައި. މިއީ މި ގައުމުގެ ރީތިކަމުގެ ތެރެއިން ވެސް ލިބެން އޮތް ރައްކާތެރިކަމެއް.” އަލީ ވަޙީދު ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި އެނބުރި ޤައުމަށް ނުދެވި 500 އަށްވުރެ ގިނަ ފަތުރުވެރިން ޑްރީމް އައިލެންޑް ރިސޯޓްގައި އެބަތިބި ކަމަށާއި، އެ ފަރާތްތަކުގެ ޚަރަދުތައް ބަލަހައްޓަނީ ސަރުކާރުން ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލީ 27 މާރޗު 2020 ގައެވެ. އޭގެ ފަހުން ރާއްޖެއަށް ފަތުރުވެރިން އައިސްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން