އިންޑިއާއިން އޮސްޓްރޭލިއާއަށް ދަތުރުކޮށްފިނަމަ ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ހިމެނޭ ހަރުކަށި ގަވާއިދެއް އޮސްޓްރޭލިއާއިން އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

މިއީ އޮސްޓްރޭލިއާގެ ތާރީޙުގައިވެސް، މިފަދަ ހަރުކަށި ގަވާއިދެއް ހެދި ފުރަތަމަ ފަހަރެވެ. މިގަވާއިދުގެ ދަށުން އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުން، އިންޑިއާގައި 14 ދުވަސް ކޮށްފައި އޮސްޓްރޭލިއާއަށް އަނބުރާ އަންނަނަމަ 66،000 ޑޮލަރުން ޖޫރިމާނާކުރުން ނުވަތަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިދާނެއ ކަމަށް ބުނެފައި ވެއެވެ.

އޮސްޓްރޭލިއާއިން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިވަނީ، އިންޑިއާގައި ކޮވިޑް ޖެހޭ މީހުން ގިނަވެ މިބަލީގައި މަރުވާމީހުން ގިނަވުމާ ގުޅިގެންނެވެ. އޮސްޓްރޭލިއާއިން މީގެ ކުރިން ވަނީ އިންޑިއާއިން އެގައުމަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތައްވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު އާންމު ކުރެވުނު އާގަވާއިދާއެކު، އިންޑިއާގައި ތިބި 9000 އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް ނުދެވި ތާށިވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން 600 މީހުންނަކީ ކޮވިޑްގެ ހައިރިސްކު މީހުން ކަމުގައިވެއެވެ.

މިގަވާއިދާއެކު، އިންޑިއާގައި ތަމްރީނުތަކެއް ހަދަމުންދާ އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިންތަކަކާއި އެމީހުންނާއި ހަވާލުވެތިބި ބައެއް އޮފިޝަލުންވެސް އިންޑިއާގައި ތާށިވެފައިވާކަމަށްވެއެވެ.

މިކަމާއި ގުޅިގެން އޮސްޓްރޭލިއާވެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮވިޑާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް އެޅިފައިވާ ހަރުކަށި ފިޔަވަޅާއިއެކުވެސް، ރައްކާތެރިކަމާއިއެކު، އޮސްޓްރޭލިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް އެގައުމުގެ ސަރުކާރުން މަސައްްކަތްކުރަމުންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން