މާލެ ނާދެވިފައި ރަށްރަށުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 454 މީހަކު މާލެ އަންނަން ބޭނުންވެގެން މި ދިޔަ 24 ގަޑިއިރު ތެރޭގައި ހުށަހަޅާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް އެ މުއްދަތު އިއްޔެ އަނެއްކާވެސް 14 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. މީގެ ސަބަބުން މާލެ ނާދެވިފައި ތިބި މީހުން ހޯދަން މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާނެއް ކޮށްފައެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި، މާލެ ނާދެވި، އެކި ރަށްރަށުގައި ތާށިވެފައި ތިބި މީހުން އެކަން ކައުންސިލަށް އަންގަން، އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމަ އަށް ވަނީ ފުރުސަތު ދީފައެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ އިއުލާނު ކުރިތާ 24 ގަޑި އިރުގެ ތެރޭގައި 454 މީހަކު މާލެ އަންނަން ބޭނުންވާކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިހާރު ވަނީ މި މައުލޫމާތު ފުލުހުންނާ ހިއްސާކުރައްވައި، އެ މީހުންނަށް މާލެ އާދެވޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންފައި ކަމަށް އެ ޓްވީޓްގައިވެއެވެ.
ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 491 އަށް މިހާރު ވަނީ އަރާފައެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް ބަލިން ރަނގަޅުވީ 17 މީހެކެވެ. ބަލިޖެހުނު ހަ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު