ކޮވިޑުގެ ދެވަނަ ރާޅާ ހަނގުރާމަ ކުރަމުންދާ އިންޑިއާގައި ކޮވިޑް ވެކްސިން މަދުވެގެން އެތައް ޝަކުވާއެއް ކުރަމުންދާއިރު، ކޮވިޑް ވެކްސިން ލިބުމުގައި ޖުލައި މަހާއި ހަމައަށް ތާށިކަމެއް އުޅޭނެ ކަމަށް އިންޑިޔާގެ ސިރަމް ކުންފުނިން ބުނެފިއެވެ.
މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ސީއީއޯ އަދަރް ޕޫނަވައްލާ ވިދާޅުވީ ކޮވިޑް ވެކްސިން އުފައްދާ މިންވަރު ކުރިއަށް އޮތް ޖުލައި މަހު އިތުރުކުރެވިގެން ދާނެކަމަށެވެ. މިގޮތުން ޖުލައި މަހުން ފެށިގެން މަހެއްގެ މައްޗަށް ވެކްސިނުގެ 60 މިލިއަން ޑޯޒުން 100 މިލިއަން ޑޯޒަށް އިތުރު ކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
މީގެއިތުރުން ކޮވިޑުގެ ދެވަނަ ރާޅާއެކު ވެކްސިނުގެ ޑިމާންޑް ކުއްލިއަކަށް އުފުލި، ޑިމާންޑާ އެއްވަރަށް ވެކްސިން ނުއުފެއްދުމުން ސިރަމް ކުންފުންޏަށް އެތަކެއް ފާޑުކިޔުމެެއް އަމާޒު ވިކަމަށް އަދަރް ޕޫނަވައްލާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި ވެކްސިނުގެ އެއްބިލިއަން ޑޯޒަށްވުރެ ގިނައިން އުފައްދަން ޖެހޭނެކަމަށް ކުރިން އަންދާޒާކުރެވިފައި ނުވުމާއި، އެވަރަށް އޯޑަރުވެސް މީގެކުރިން ނުލިބި ހުރުމާއެކު ކުއްލިއަކަށް ޑިމާންޑު އުފުލުމުން ޕްރޮޑަކްޝަން ރޭޓް އިތުރުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އަދަރް ޕޫނަވައްލާ ވިދާޅުވިއެވެ.
ނަމަވެސް ބޭރުގެ އެހެން ގައުމުތަކުގެ އެހީއާއެކު ވެކްސިން ޕްރޮޑަކްޝަން ރޭޓް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ސީއީއޯ އަދަރް ޕޫނަވައްލާ ވިދާޅުވެފައިވެއެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއަކީ ކޮވިޑުން ރައްކާތެރިވުމަށް އެސްޓްރާޒެނެކާ އަދި އޮކްސްފޯޑުން ތައްޔާރުކުރެވިފައިވާ ވެކްސިން އުފައްދަމުންދާ އެއްކުންފުންޏެވެ. ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން އުފައްދަމުންދާ މިވެކްސިނަކީ ކޮވިޝީލްޑް ގެ ނަމުން ނަންދެވިފައިވާ ވެކްސިނެކެވެ. ކޮވިޝީލްޑް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެކި ގައުމުތަކަަށް ވެކްސިން ފޯރުކޮށްދިނުމުގައިވެސް ބޭނުން ކުރެވޭ އެއް ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު