ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރ ބިލް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައިފިއެވެ.
ބިލް ގޭޓްސް އޭނާގެ ކައިވެނި ރޫޅާލަން ނިންމިކަން އިއުލާންކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. މިގޮތުން ވަރިވާން ނިންމާފައިވަނީ ދެމަފިރިން މަޝްވަރާ ކުރުމަށްފަހުކަމަށް ބިލް ގޭޓްސް އަދި އޭނާގެ އަންހެނުން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.
"ވަރަށް ވިސްނައި، އެތައް މަސައްކަތަކަށްފަހު، ދެމީހުންވެސް ނިންމީ ކައިވެނި ރޫޅާލަން. މިދިޔަ 27 އަހަރު ތެރޭގައި އަހަރުމެން ދެމީހުން ތިން ދަރިން ތަރުބިއްޔަތު ކުރުމުގެ އިތުރުން ދުނިޔޭގެ އެތައްބަޔަކަށް އެހީވުމަށް ފައުންޑޭޝަނެއް ބިނާކުރެވުނު. އަދި މިފައުންޑޭޝަނުގެ މަސައްކަތުގައި ދެމީހުން އެކުގައި މަސައްކަތްކުރާނަން. ނަމަވެސް، މިހާރު އަހަރުމެން ދެމީހުންވެސް ގަބޫލެއް ނުކުރަން ދެބައިވެރިންގެ ގޮތުގައި ދިރިއުޅުމުގައި ކުރިއަށް އޮތް ދުވަސްތައް ކަޑައްތު ކުރެވޭނެ ކަމަކަށް." ބިލް ގޭޓްސް އަދި އޭނާގެ އަންހެނުން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.
ބިލް އެންޑް މެލިންޑާ ގޭޓްސް ގެ ނަމުގައި ބިލް ގޭޓްސް އަދި އޭނާގެ އަންހެނުން ހިންގަމުންދާ މިފައުންޑޭޝަނަކީ މީހުންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާ ތަކުގެ ތެރެއިން އެންމެ ބޮޑު ޖަމިއްޔާއެވެ. މިގޮތުން މިދިޔަ އަހަރު މިފައުންޑޭޝަންގެ ދަށުގައި 43.3 ބިލިއަން ޑޮލަރުގެ ހަރުމުދާ ހުރިކަމަށް އެފައުންޑޭޝަންގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ. މީގެއިތުރުން މައިކްރޮސޮފްޓް ވުޖޫދަށް ގެނެސްދިން، އުމުރުން 65 އަހަރުގެ ބިލް ގޭޓްސް ވަނީ އޭނާގެ އަންހެނުންނާއެކު ފަށާފައިވާ ފައުންޑޭޝަނުގެ މަސައްކަތަށް އިތުރަށް ވަގުތު ދިނުމަށް ކަމަށް ބުނެ، މައިކްރޮސޮފްޓް ކުންފުނީގެ ބޯޑުންވެސް މިދިޔަ އަހަރު ވަކިވެފައެވެ.
ބިލް ގޭޓްސް އަދި މެލިންޑަރ ފްރެންޗް ކައިވެނިކޮށްފައިވަނީ 1994 ވަނަ އަހަރުއެވެ. އަދި މިކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ.

— Bill Gates (@BillGates) May 3, 2021

ކިޔުންތެރިންގެ ހިޔާލު