ދުނިޔޭގެ މަޝްހޫރު ސުޕަރ މޮޑެލް އެލީނާ ފެނާންޑޭޒް
ދުނިޔޭގެ މަޝްހޫރު ސުޕަރ މޮޑެލް އެލީނާ ފެނާންޑޭޒް
ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ދުނިޔޭގެ މަޝްހޫރު ސުޕަރ މޮޑެލް އެލީނާ ފެނާންޑޭޒްއަށް ރާއްޖެ ސިފަވަނީ ދުނިޔެ މަތީގެ ސުވަރުގެ ގޮތުގައި ކަމަށް ބުނެފިއެވެ.

އެލީނާ މިހެން ބުނެފައިވަނީ "ރަސް އޮންލައިން" އަށް ދިން ޚާއްސަ އިންޓަރވިއުއެއްގައެވެ.



ރާއްޖޭގައި ކުރަމުންދާ ތަޖުރިބާތައް ކިޔައިދެމުން އެލީނާ ބުނެފައިވަނީ އޭނާ ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުން ގެންދާ ކާނި ހޮޓާ ވަރެއް ނެތް ކަމަށެވެ. އަދި ކާނި ހޮޓެލްސް ވެގެންދިޔައީ ރާއްޖެ ތަޖުރިބާ ކޮށްލަން އެންމެ ހިތްގައިމު ހޮޓެލް ކަމުގައެވެ.

"ކާނި ހޮޓެލްސް އިން ކުރެވުނު ތަޖުރިބާ މިއީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން. ކާނި ހޮޓެލްސްގެ މުވައްޒަފުންނާއި، މީރު ކާނާއާއި، އެކްސްކާޝަންތަކުން ކުރެވުނު ތަޖުރިބާ އަކީ ހަމަ އެތައް ތަރިއެއް ދޭވަރު ކަމެއް. މިހާރު ގެއައް އަނބުރާ ދާހިތެއްވެސް ނުވޭ. ދުނިޔެ މަތީގެ ސުވަރުގޭގައި ދިރިއުޅެވޭ ކަހަލަ. ކޮންމެ މީހަކުވެސް އުމުރުން އެއްފަހަރު ކާނި ހޮޓެލް ތަޖުރިބާ ކޮށްލުމަކީ ހަމަ ދުނިޔެ މަތީގެ ސުވަރުގެއެއް ތަޖުރިބާ ކޮށްލުން ފަދަ ކަމެއް." އެލީނާ ބުނެފައިވެއެވެ.

އިންޑިޔާގެ ފިލްމް އިންޑަސްޓްރީއަށް މިފަހުން ތައާރަފްވި އެލީނާ ފެނާންޑޭޒް ރާއްޖެ އައިސްފައިވަނީ މިދިޔަ އޭޕްރީލް މަހު 25 ގައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ލޯކަލް ޓުއަރިޒަމްގައި އެންމެ އުހުގައި އުޅޭ ރާއްޖޭގެ މާފުށީގެ ގެސްޓް ހައުސްއެއް ކަމަށްވާ ކާނި ހޮޓެލްސް ގައެވެ.

ސުޕަރމޮޑެލް އެލީނާ ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފެނިގެން ދިޔައީ ހިންދީ ފިލްމު، ކަޕޫރް އެންޑް ސަންސް އިންނެވެ. އޭނާ ވަނީ މިފަހުން އަކްޝޭ ކުމާރު ލީޑް ރޯލް އަދާ ކޮށްފައިވާ ހިންދީ ފިލްމު ލަކްޝްމީގެ ލަވަޔަކުންވެސް ފެނިގެންގޮސްފައެވެ.

އެލީނާ އޭނާގެ ހުރިހާ ފޭނުންނަށް ދޭން ބޭނުންވި މެސެޖަކީ، ދެކެމުންދާ ހުވަފެން ހާސިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން