ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓު
ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓު
ކޯވިޑް-19 އާއި ގުޅިގެން ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ވެރިން ރާއްޖެއަށް ވެދިން އެހީއަށް ސަރުކާރުން ޝުކުރުއަދާކޮށްފިއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ވެރިންގެ ފަރާތުން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ޓެސްޓް ކިޓް ރާއްޖެއަށް ހަދިޔާކުރައްވާފައިވާކަން ފާހަގަ ކުރައްވައި އެރިސޯޓުގެ ހިއްސާދާރުން ކަމަށްވާ ޖިރީ ސްމެކްއާއި ޑެނިއަލް ކްރެޓިންސީކީ އަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މި އެހީއަކީ ކޯވިޑް-19 އާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީއެއްކަމުގައި ފާހަގަ ކުރައްވާފައި ވެއެވެ.

ކޮރޯނާވައިރަސްގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އެއް ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްކަން ފާހަގަ ކުރައްވައި މި ދަތި ދަނޑިވަޅުގައިވެސް ރިސޯޓް ތަކުގެ ވެރިން ދިވެހި ސަރުކާރަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޝާހިދުގެ ޓްވީޓްކަން ފާހަގަކުރައްވާފައި ވެއެވެ.

ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ، ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ރާއްޖެއަށް ސިއްޙީ ބައެއް ސާމާނު ހަދިޔާކުރުމަށް ނިންމާފައިވާކަން އެފަރާތުން ވަނީ ހާމަކޮށްފައެވެ.

އެ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަބްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީއީ ކިޓެވެ.

އެރިސޯޓުގެ އޯނަރުން މިއަދު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް 2 ޖެޓްގައެވެ. މި ޖެޓްތައް ޖެއްސުމަށް ހަމަޖެހިފައި ވަނީ މާފަރު އެއަރޕޯޓަށް ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރިސޯޓްތައް ބަންދުކުރަން ޖެހި އެތައް ރިސޯޓެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށް އަދި ބައެއް ރިސޯޓުން ނޯޕޭގައި މުވައްޒަފުން ފޮނުވާލި އިރު، ވެލާ ރިސޯޓުންވަނީ މުވައްޒަފުންނަށް މުސާރައިގެ އިތުރުން ފައިސާގެ އިތުރު އެހީ ވެސް ދޭން ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން