މާލެ ސިިޓީ ބާޒާރު މަތި- ކޯވިޑް-19 ގެ އެންމެ ނުރައްކާ ސަރަހައްދަކީ ބިދޭސީން ގިނަ މި ސަރަހައްދު
މާލެ ސިިޓީ ބާޒާރު މަތި- ކޯވިޑް-19 ގެ އެންމެ ނުރައްކާ ސަރަހައްދަކީ ބިދޭސީން ގިނަ މި ސަރަހައްދު
މާލޭގެ މާރުކޭޓުތައް ޑިސްއިންފެކްޓު ކުރުމަށް، މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލެސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މާރުކޭޓުތައް ބަންދުކޮށް، މަރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދިން ފުރުސަތުގައި ބައެއް ގޮޅިތަކުން އަދިވެސް އެއްޗެހި ގެންގޮސްފައި ނުވާކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އެހެންކަމުން މިހާތަނަށް ތަކެތި ނުގެންގޮސް ހުރި ގޮޅިތަކުގެ ވެރިން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް ކައުންސިލުން ވަނީ އަންގައިފައެވެ.

މާރުކޭޓުން ތަކެތި ނެރުމަށް މާރުކޭޓުތައް ހުޅުވާނީ ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 11:00 އިން މެންދުރު 2:00 އަށް ކަމަށް ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

ކައުންސިލުންނ ބުނީ އެ މުއްދަތުގެ ނިޔަލަށް ގޮޅިތަކުގައި ނުގެންގޮސް ހުރި ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ސާފުކުރާނެ ކަމަށެވެ. އަދި އެއަށްފަހު މުޅި މާރުކޭޓް ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށެވެ.

މާލެ ސިޓީގެ މާރުކޭޓުތަކަކީ ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން ގެންދާ ތަންތަނެވެ. މާލޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދަނީ ބާޒާރުމަތީގައި ކަމަށާއި، މި ރޯގާއަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބިދޭސީން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން